ސާރާ ޚަލީފާ
ދުނިޔެ
06 Sep 2026 | 13:37
މަސްތުވާތަކެތީގެ މައްސަލައެއްގައި މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ ދަންޖައްސަން ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ އާއި އިތުރު 11 މީހަކު ދަންޖައްސައި މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިސްރުގެ ދައުލަތުގެ މީޑިއާ، އަލް އަހްރާމް އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައިރޯގެ ޖިނާއީ ކޯޓުން މި ހުކުމް އިއްވީ މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު ހޯދައި، ވިޔަފާރިކުރުމަށް އިންތިޒާމުވެގެން ހިންގި ގޭންގެއް އުފެއްދިކަން ސާބިތުވުމާ ގުޅިގެންނެވެ.

ޖުމްލަ 28 މީހުންގެ މައްޗަށް ދައުވާ އުފުލި އަދި 750 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މި މައްސަލައިގައި، އިތުރު 9 މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، 7 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އުމުރުން 39 އަހަރުގެ ސާރާ ޚަލީފާއަކީ މިސްރުގެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ "އަލް-މިހްވަރު" އިން ދެއްކި ސެކިއުރިޓީ އަދި ކުށުގެ ވެށީގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމް ހުށަހަޅައިދީގެން މަޝްހޫރުކަން ހޯދި މީހެކެވެ.

މީގެއިތުރުން އޭނާއަކީ ކޮސްމެޓިކް ސާޖަރީ ކްލިނިކަކާއި އިވެންޓް ޕްލޭނިން ކުންފުންޏެއް ހިންގަމުން އައި، އަދި އިންސްޓަގްރާމްގައި 2 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނުފޫޒުގަދަ ވިޔަފާރިވެރިއެއް ވެސް މެއެވެ.

ޝަރީއަތުގައި ސާރާ ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ތަހުގީގުގައި ބުނެފައިވަނީ އުމުރުގައި ދުވަހަކުވެސް ސިނގިރޭޓެއް ވެސް ބޮއެފައި ނުވާނެ ކަމަށެވެ. އަދި ހުކުމް އިއްވި އަޑުއެހުމުގައި އޭނާ ރޮމުން ކޯޓުގެ އަރިހުން އެދުނީ އޭނާއަށް ރަހުމް ކުރުމަށެވެ. ސާރާ ބުނެފައިވަނީ އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކުރީ ރަނގަޅަށް ކަމަށާއި، އެއީ ނަމާދުކުރާ އަޅުވެރި ބައެއް ކަމަށާއި، އަދި މަސްތުވާތަކެތީގެ ފައިސާ އޭނާއަށް ބޭނުން ނުވާ ކަމަށެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވީ، މި ގޭންގުން ސިންތެޓިކް ޑްރަގްސް އުފެއްދުމަށްޓަކައި ބޭރު ގައުމުތަކުން ރޯ މެޓީރިއަލް އެތެރެކޮށް، އެތަކެތި ގުދަންކޮށް އަދި އުފެއްދުމަށް ބޭނުންކޮށްފައިވަނީ މީހުން ދިރިއުޅޭ އިމާރާތްތަކެއް ކަމަށެވެ. އަދި ގޭންގުގެ މެންބަރުންގެ މެދުގައި ތަކެތި ހޯދުމާއި، އުފެއްދުމާއި، ބެހުމުގެ މަސައްކަތްތައް ބަހާލައިގެން ހިންގި މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުއްދަނެތް ހަތިޔާރާއި ވަޒަން ވެސް ވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގެ ތަހުގީގަށް ސާރާ ހައްޔަރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ވަކި މައްސަލައެއްގެ ގޮތުގައި ހޮނިހިރު ދުވަހު ހަމަ އެ ކޯޓުން ވަނީ އޭނާގެ ޑްރައިވަރަށް އަނިޔާކޮށް، އެ މަންޒަރު ވީޑިއޯ ކުރި މައްސަލައިގައި ސާރާގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.

މަރުގެ އަދަބު ކަނޑައަޅާ މައްސަލަތަކުގައި ގާނޫނުގައި ވާ ގޮތުގެ މަތިން މިސްރުގެ ގްރޭންޑް މުފްތީގެ ދީނީ ލަފާ ހޯދުމަށްފަހު އިއްވި މި ހުކުމް، މިސްރުގެ ކޯޓް އޮފް ކެސޭޝަންގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޖިނާއީ އިސްލާހީ ބަދަލުތަކުގެ ދަށުން، ފުރަތަމަ އިސްތިއުނާފީ ކޯޓެއްގައި އަލުން ޝަރީއަތް ހިންގުމަށް އެދުމުގެ ހައްގު ދައުވާ ލިބުނު ފަރާތްތަކަށް ލިބިގެންވެއެވެ.

މިސްރަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ޓެރަރިޒަމް އަދި ގަސްދުގައި މީހުން މެރުމުގެ ކުށްތަކަށް މަރުގެ އަދަބު ތަންފީޒު ކުރަމުން އަންނަ ގައުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.