އެމްއެމްބީސީގެ މެންބަރުން-
ހަބަރު
06 Sep 2026 | 14:08
އިންޓަވިއުތަކާއި ފޯނު ކޯލްތައް ލައިވްކުރުމުގައި ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެދިއްޖެ

މީޑިއާތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް އަދި އެހެނިހެން މުޢާމަލާތްތައް ވަގުތުން (ލައިވްކޮށް) ބްރޯޑްކާސްޓްކުރުމުގައި، ކަމާގުޅޭ ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމް.އެމް.ބީ.ސީ އިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހެއްގެވެސް ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ޒާތީ މުޢާޞަލާތުތަކުގެ ޙުރުމަތްތެރިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ގާނޫނުގައި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ. ޚާއްޞަކޮށް، ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުން އެ ޤާނޫނުން ލާޒިމުކުރެއެވެ.

އެ ކޮމިޝަނުން ހަނދާންކޮށްދީފައިވާ ގޮތުގައި، ޢާންމު މަޞްލަޙަތުގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ހޯދި މަޤްޞަދަށް އެކަނި ބޭނުންކުރުމުގެ އިތުރުން، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް މަސްދަރުތަކުގެ ސިއްރު ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ މުހިންމު އަސާސްތަކެކެވެ.

މީގެ އިތުރުން، ފޯނު މުޢާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ 'ލައިވް' ކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށާއި، މުޢާމަލާތް ބްރޯޑްކާސްޓްކުރުމަށް އެ ފަރާތުގެ އިޢުތިރާޟެއް ނެތްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެހެން މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ މަޢުލޫމާތުތައް ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، އެފަދަ ތަކެތި ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް އެންގިއެވެ.

އެހެންކަމުން، ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ހުރިހާ މީޑިއާ އިދާރާތަކުންނާއި ނޫސްވެރިން ފުރިހަމަ އެއްބާރުލުން ދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.