އެމްއެމްޕީއާރުސީ
ހަބަރު
06 Sep 2026 | 16:57
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ

އެމްއެމްޕީއާރުސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަދިވެސް 85 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން ހާމަވެއްޖެއެވެ.

އޮޑިތަރ ޖެނެރަލް ނެރުއްވާފައިވާ އެމްޕީއެލްގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓަށް ބަލާއިރު، އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިްނ އެއް ކުންފުންޏަކުން އަދިވެސް އެންމެ ގިނަ އަދަދެއް ދައްކަންޖެހެނީ އެމްއެމްޕީއާރުސީންނެވެ. އެމްޕީއެލްގެ ބެލެންޝީޓަށް ބަލާއިރު އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދު އުޅެނީ 446.8 މިލިއަން ރުފިޔާގައެވެ. 

އެމްޕީއެލަށް އެންމެ ގިނަ ފައިސާ ލިބެންޖެހެނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން އެމްޕީއެލަށް 118 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ.

އެމްއެމްޕީއާރުސީއަށް ބަލާއިރު، އެކޯޕަރޭޝަނުން އެމްޕީއެލަށް ޑޮލަރު ވިއްކި މުއާމަލާތުން މިހާތަނަށް 85.4 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

2014 ވަނަ އަހަރު އޮޑިޓަރ ޖެނެރަލް ނެރުއްވި އެމް.އެމް.ޕީ.އާރު.ސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބޭރު ފައިސާ މާރުކުރުމަށްޓަކައި އެމް.ޕީ.އެލް އިން އެމްއެމްޕީއާރުސީއަށް އަށް 77.1 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައިވެއެވެ. މި ފައިސާގެ ބަދަލުގައި އެމްއެމްޕީއާރުސީން އެމްޕީއެލަށް 6.3 މިލިއަން ޑޮލަރު ދޭންޖެހެއެވެ. ނަމަވެސް އޭގެ ތެރެއިން މިލިއަނެއްހާ ޑޮލަރުވެސް އެމްޕީއެލަށް ދައްކާފައި ނުވާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

އެމްއެމްޕީއާރުސީން ނެގި އެ ފައިސާ އެމްޕީއެލަށް ދިނުމަށް މީގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްކޮށްފައިވީނަމަވެސް އެ ފައިސާ ދިނުމުގެ ކަންކަން އަދިވެސް ނިމުމަކާ ހަމަޔަށް އައިސްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަންކުރައްވައިފި
މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
06 Sep 2026
ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ
އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.
06 Sep 2026
އަދާލަތު ޕާޓީ ދޫކުރައްވައި ޑރ. ޝަހީމް ޕީއެންސީއާ ގުޅިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދާލަތު ޕާޓީ ދޫކުރައްވައި ވެރިކަންކުރާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ.
06 Sep 2026
ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަނީ
ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަމަށް ދިރާގުން ހާމަކޮށްފިއެވެ.
06 Sep 2026
ފޯނު ކޯލްތައް ލައިވްކުރުމުގައި ސުލޫކީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އެދިއްޖެ
މީޑިއާތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތައް އަދި އެހެނިހެން މުޢާމަލާތްތައް ވަގުތުން (ލައިވްކޮށް) ބްރޯޑްކާސްޓްކުރުމުގައި، ކަމާގުޅޭ ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިލްތިމާސްކޮށްފިއެވެ.
06 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މިސްރުގެ ޕްރެޒެންޓަރެއް މަރަން ހުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ އާއި އިތުރު 11 މީހަކު ދަންޖައްސައި މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.