ޗައިނާގެ މެޓްރޯ ސްޓޭޝަނެއްގައި ހަރުކޮށްފަްި ހުރި ބިލްބޯޑެއް
ދުނިޔެ
07 Sep 2026 | 08:21
”ސެލެބްރިޓީން“ގެ ބަދަލުގައި ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް

ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.

މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ހެނާން ޕްރޮވިންސްގެ ޒެންގްޒޫގައި ހުންނަ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ މެޓްރޯ ސްޓޭޝަނުންނެވެ. މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރާ އާންމުންނަށް ފެންނަ ގޮތަށް ވަނީ ޗައިނާގެ ރޮކެޓް ސައިންސްވެރިޔާ ޗިއާން ޒުއެސެން އާއި ނިއުކްލިއާ ފިޒިސިސްޓް ޑެންގް ޖިއާޒިއާން ފަދަ ބޭފުޅުންގެ ބޮޑެތި ޕޯޓްރެއިޓްތައް ބަހައްޓާފައެވެ.

ޗައިނާގެ ސަރުކާރު ހިންގާ ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިންސްވެރިންނަށް އިސްކަން ދިނުމުގެ ގޮތުން ފެށި މި ހަރަކާތް ފުރަތަމަ ފެށުނީ ޝަންޑޮންގް ޕްރޮވިންސްގައެވެ. އޭގެ ފަހުން އަންހުއީ، އިނާ މޮންގޯލިއާ، ޖިއަންގްޒީ އަދި ހެނާން ޕްރޮވިންސްގެ ޝޮޕިންގ މޯލްތަކާއި މެޓްރޯ ސްޓޭޝަންތައް ފަދަ އާންމު ތަންތަނަށް މި ކެމްޕޭން ވަނީ ފުޅާވެފައެވެ.

މި ބޯޑުތަކުގައި ހިމަނާފައިވާ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ހައިބްރިޑް ހަނޑޫ އުފައްދައިގެން ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިން އެގްރޮނޮމިސްޓް ޔުއާން ލޮންގްޕިންގ އާއި، މެލޭރިއާ ބައްޔަށް ފަރުވާއެއް ހޯދައިގެން 2015 ވަނަ އަހަރު ނޮބެލް އިނާމު ހާސިލްކުރި ޓޫ ޔޫޔޫ އަދި ރޭޑިއޯ އެސްޓްރޮނޮމަރ ނަން ރެންޑޮންގ ހިމެނެއެވެ.

މީގެ އިތުރުން، އެމެރިކާގެ އެމް.އައި.ޓީ އިން ކިޔަވައިވިދާޅުވެ، އެމެރިކާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީ ތަރައްގީކުރުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ފަހުން 1950 ގެ އަހަރުތަކުގައި އެމެރިކާއިން ފޮނުވާލި މަޝްހޫރު ސައިންސްވެރިޔާ ޗިއާން ޒުއެސެންގެ ވާހަކަ މި ކެމްޕޭނުގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. ޗައިނާއަށް އެނބުރި ވަޑައިގަތުމަށްފަހު އޭނާ ވެގެންދިޔައީ އެގައުމުގެ މިސައިލް އަދި ޖައްވީ ޕްރޮގްރާމްތަކުގެ "ބައްޕަ" ކަމުގައެވެ.

ޗައިނާއިން ފެށި މި ކެމްޕޭނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުގައި މިކަމާ ގުޅޭގޮތުން ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އިންޑިއާގެ ވިޔަފާރިވެރިޔާ ހަރޝް ގޮއެންކާ މީސްމީޑިއާގައި ލިޔުނު ޕޯސްޓެއްގައި ބުނި ގޮތުގައި، ޗައިނާއިން ސައިންސްވެރިންނަށް ބޮޑު އިސްކަމެއް ދެމުންދާއިރު، އިންޑިއާގެ ބިލްބޯޑުތަކުން ފެންނަނީ ސިޔާސީ ވެރިންނާއި ފިލްމުކުޅޭ މީހުންނެވެ. އަދި ގައުމު ބިނާކުރާ ޓީޗަރުންނާއި، ޑޮކްޓަރުންނާއި ސައިންސްވެރިންނަށް އާންމުންގެ ތެރޭގައި މިފަދަ ޝަރަފެއް ނުދެވެނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.