ފިނޭ އާއި ހަނިމާދޫ ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
07 Sep 2026 | 09:40
ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫއަށް

"މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.

މުރައިދޫގައި ކުޅުނު މިމެޗް ހަނިމާދޫއިން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. އެއީ 3-2 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް 21-25 ހުން ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ފިނޭއިން ވަނީ 25-17 އިން ގެންގޮސްފައެވެ. އަދި ދެވަނަ ސެޓްވެސް ވަނީ ހަމަ އެ ނަތީޖާއިން ގެންގޮސްފައެވެ.

މެޗްގެ ތިންވަނަ ސެޓް 19-25 ގެ ނަތީޖާއިން ހަނިމާދޫ ގެންދިޔައިރު، ފަހުސެޓް އެޓީމް ގެންގޮސްފައިވަނީ، 13-15 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމްގެ ޝުއައިބު އަހުމަދު ލަތީފެވެ. ހަނިމާދޫން އެންމެ ފަހުން ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ. 

މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.
07 Sep 2026
ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫއަށް
މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.