ވެއްޓުނު ބޯޓު
ދުނިޔެ
07 Sep 2026 | 10:05
އެމެޒޯންގެ ކާގޯ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓި ފަސް މީހުން މަރުވެއްޖެ

އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު އެމެރިކާ ގަޑިން ގާތްގަނޑަކަށް 2:00 ހާއިރުއެވެ. ޕުއެޓޯ ރީކޯގެ ސެން ހުއާން އިން ފުރައިގެން އައި "ޕްރައިމް އެއާ ފްލައިޓް 7598" ރަންވޭ އިން ބޭރަށް ކަހާލައިގެން ގޮސް، އެ ސަރަހައްދުގައި ހުރި އެތައް އެއްގަމު އުޅަނދެއްގައި ޖެހިފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

މިއާމީ-ޑޭޑް ފަޔާ ޗީފް ރޭ ޖަދައްލާ ވިދާޅުވީ، މި ހާދިސާގައި ފަސް މީހަކު މަރުވުމުގެ އިތުރުން އިތުރު ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ބޯޓު ޖެހުނު އެއްގަމު އުޅަނދުތަކުގެ ތެރޭގައި ދެ މީހަކު ތާށިވި ކަމަށާއި، ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓް ވެސް ބޯޓު ތެރޭގައި ތާށިވި ކަމަށް އޮފިޝަލުން ހާމަކުރެއްވިއެވެ. ނަމަވެސް މި ހާދިސާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ރެސްކިއު 60 އަށް ވުރެ ގިނަ ޔުނިޓާއި 200 އެއްހާ މީހުން ހަރަކާތްތެރިވެފައިވެއެވެ. އަދި ބޯޓުން ތެޔޮ ލީކުވަމުން ދިޔުމުގެ ސަބަބުން، އިމަޖެންސީ ޓީމުތަކުން އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެއާޕޯޓުގެ ދެ ރަންވޭއެއް އަލުން ވަނީ ހުޅުވާލާފައެވެ.

ފްލައިޓް ޓްރެކްކުރާ 'ފްލައިޓްރާޑާ24' އިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި ބޮއިންގް 767-300 މަރުކާގެ މި ބޯޓަކީ 32 އަހަރު ވެފައިވާ ބޯޓެކެވެ. އަދި ބޯޓު ރަންވޭއިން ކަހާލައިގެން ދިޔަ ވަގުތު އޭގެ ދުވެލި ހުރީ ގަޑިއަކު 112 ނޮޓްސް (129 މޭލު) ގައެވެ. މި ބޯޓަކީ އެމެޒޯނަށްޓަކައި "21 އެއާ" އިން އޮޕަރޭޓް ކުރަމުން އައި ބޯޓެކެވެ.

"21 އެއާ" އިން ނެރުނު ބަޔާނެއްގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިފައިވާ ކަމަށް ބުނެ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައިވެއެވެ.

އެމެރިކާގެ ސިވިލް އޭވިއޭޝަން އެކްސިޑެންޓްތައް ތަހުގީގުކުރާ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) ގެ ޗެއާވުމަން ޖެނިފާ ހޮމެންޑީ އިސްވެ ހުންނަވައިގެން ޓީމެއް މިހާރު ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް މިއާމީއަށް ފޮނުވާފައެވެ. އަދި މި ހާދިސާއާ ގުޅޭ ފުރަތަމަ މީޑިއާ ބްރީފިން ހޯމަ ދުވަހު ބާއްވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.