އާސަންދައިގެ ހިދުމަތްދޭ ތަނެއް
ހަބަރު
07 Sep 2026 | 13:37
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ

އަންނަ މަހުން ފެށިގެން މުއްސަނދިންގެ ގޮތުގައި ހިމެނޭ ފަރާތްތަކަށް އާސަންދަ ދެމުން އަންނަ އުސޫލް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާސަންދަ އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ތަންފީޒީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އާސަންދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ރާއްޖެއަށް ބޭރުގެ އެހީދޭ މާލީ އެކިއެކި އިދާރާތަކުންވެސް އެދެމުންދާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މުއްސަނދިންނާއި އިންކަމްޓެކްސް ދައްކާ ފަރާތްތަކަށް އަންނަމަހުން ފެށިގެން އާސަންދަ ދޭ އުސޫލް ބަދަލުވާނޭކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް، މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ. 

މިހާރު އާސަންދަ ދެމުން އަންނަ ގޮތަކީ ރަނގަޅު ގޮތެއް ކަމަކަށް ބޭރުގެ ފަރާތްތަކުވެސް ގަބޫލެއްނުކުރޭ. އަދި ފަންނީ އެއްވެސް ފަރާތަކުން ގަބޫލެއްނުކުރޭ. އަދި އަޅުގަނޑުމެންވެސް ގަބޫލެއްނުކުރަން. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގަ 65000 ރުފިޔާއަށްވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތަކުގެ ތަކަށް މިހާރު މި އޮތް ގޮތަށް ފުލް ކަވަރޭޖް އާސަންދަ ނުލިބޭނެ

ރައީސް ޑރ.މުއިއްޒު

މި އިސްލާހީ ބަދަލުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 277 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި ވެސް ޚަރަދުން ވަކި މިންވަރެއް ސަލާމަތްކުރެވޭއިރު، އަންނަ 2024 ވަނަ އަހަރު 280 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ހޭދަކުރެވޭނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގޭ އެހެނިހެން ހެޔޮ ކަންކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް ލިބޭ އުސޫލުން މުއްސަނދިންނަށް ހުރިހާ ޚިދުމަތެއް ހިލޭ ލިބެންޖެހޭ ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށެވެ.

މި ނިޒާމަށް ގެނެވޭ އިތުރު ބަދަލުތަކާއި އުސޫލުތަކުގެ ފުރިހަމަ ތަފްސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަބްސިޑީ އާއި އާސަންދަ ފަދަ ދައުލަތުގެ ބައިތުލްމާލުން ބޮޑެތި އަދަދުތަކުން ކުރާ ހޭދަ އޭގެ ހައްޤުވެރިންނަށް ދިނުމަކީ ބޭރުގެ ކަމާބެހޭ މާލީ އިދާރާތަކުން އަބަދުމެ ފާހަގަކުރަމުން އަންނަ ކަމެކެވެ. މިގޮތުން ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފް އަދި ވަރލްޑްބޭންކުން ނެރޭ ކޮންމެ ރިޕޯޓެއްގައިވެސް އެކަން ފާހަގަކުރަމުންދިޔަ ނަމަވެސް މިއަދާ ހަމަޔަށް އާއިރުވެސް އެކަންކަން ތަންފީޒު ނުކުރެވޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.