ރައީސް ޑރ.މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރާއެކު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Sep 2026 | 16:52
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅު ތާވަލްކޮށްފައިވަނީ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށްފަހުއެވެ. އެ ސަމިޓަށްފަހު ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު އޮންނާނީ މިހިނގާ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުަވަހުއެވެ. މި ދަތުރުފުޅުގައި ދެ ދުވަހު އެމަނިކުފާނު ރާއްޖޭގައި މަޑުކުރައްވާނެއެވެ. މިއީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ބޮޑުވަޒީރު އަންވަރުގެ މި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.