އަތުލައިގަތް މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ...
ހަބަރު
09 Sep 2026 | 08:46
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ޓާސްކް ފޯސްއިން އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއް ކަމަށެވެ. މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ސެލޫން އަދި ސްޕާގެ ޚިދުމަތް ދެމުން އަންނަ ތަންތަނެވެ.

މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. އަދި އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީއަކު ފާހަގަކުރެވި، އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހޯދައި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ގުޅިފައިވާ މުއައްސަސާތަކުން ދަނީ މާލެ ސަރަޙައްދުގައި ސިލްސިލާކޮށް މިފަދަ ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.