މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓޭވަރުގެ ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވެހިކަލްތައް އިންތިހާއަށް ގިނަވެ ޓްރެފިކްގެ މައްސަލައަކީ މިއަދު އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އާ ވިސްނުންތަކަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުޅި މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއްގަމު ދަތުރުފަތުރާބެހޭ އައު ޤާނޫނުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރު ޓްރެފިކް މައްސަލަވެސް ޖެހޭނެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް މަސައްކަތްކުރަންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންނަކަށް ހަދައިގެން މެނުވީ މި މައްސަލައަށް އެދެވޭފަދަ ހައްލެއް ގެނެވެން ނެތްކަމަށް ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ދަތުރުފަތުރާބެހޭ ޤާނޫނުން ހުރަހެއް ނެތްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ހޯމްލޭންޑް، އިންފްރާސްޓްރަކްޗަރ މިނިސްޓްރީ، އެންވަޔަރަންމެންޓް މިނިސްޓްރީ އަދި ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ ބަލަދުވެރިފަރާތް، އެޗްޑީސީވެސް ހިމެނޭގޮތަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists