އަލް އަޒްރަގްއަށް އިރާނުން ބޮން އަޅަނީ-
ދުނިޔެ
10 Sep 2026 | 10:26
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮންތަނެއް؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟

ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.

އުރުދުންގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހުގެ ރެއާއި ބުދަ ދުވަހުގެ ހެނދުނު އީރާނުން ފޮނުވާލި 20 ބެލިސްޓިކް މިސައިލްގެ ތެރެއިން 18 މިސައިލެއް ވައިގެ ތެރޭގައި ވަނީ ދިފާއުކޮށް ނައްތާލާފައެވެ. އަދި ބާކީ ދެ މިސައިލް ވެއްޓުނީ މީހުން ނޫޅޭ ހުސް ބިންތަކަކަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، މުވަފަޤް ސަލްތީ އެއާބޭސްގެ ނަމުން ވެސް މަޝްހޫރު އަލްއަޒްރަޤް ބޭސްގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އެފް-35، އެފް-16، އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަލަހައްޓާ ތަންތަނަށާއި، ބޯޓުތައް ބަހައްޓާ ހިޔާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. ނަމަވެސް ވޮޝިންޓަންގެ އޮފިޝަލުން ވަނީ އެމެރިކާގެ ދިފާއީ ނިޒާމުތަކުން މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ބުނެފައެވެ.

އީރާނުން އުރުދުންއަށް އަމާޒުކުރަނީ ކީއްވެ؟

މި ހަމަލާތައް ފެށިގެން އައީ މީގެ ދެ ހަފުތާ ކުރިން ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް ރަށުގައި ހުރި ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާއިން ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭން ފެށުމަށްފަހު، މިހާރު މި ވަނީ އުރުދުންއަށް ވެސް ހަމަލާތައް ފުޅާކޮށްފައެވެ.

އެމެރިކާގެ ކޮންގްރެޝަނަލް ރިސާޗް ސާވިސްގެ ރިޕޯޓްތައް ބުނާ ގޮތުން އުރުދުންގައި އެމެރިކާގެ ގާތްގަނޑަކަށް 4،000 ސިފައިން ހަރަކާތްތެރިވެއެވެ. އަދި އަލްއަޒްރަޤް ބޭސްގެ އިތުރުން ކިންގް ފައިސަލް އެއާބޭސް އަދި 'ޓަވަރު 22' ގައި ވެސް އެމެރިކާ ސިފައިން ގާއިމުވެ ތިބެއެވެ. މީގެ ކުރިން ޖުލައި މަހުގެ 17 ގައި އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވެއެވެ.

އަލްއަޒްރަޤް ބޭސްގެ މުހިންމުކަން

ވެރިރަށް އައްމާނުގެ އިރުއުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި، ސަހަރާ ސަރަހައްދެއްގައި އޮންނަ މި މަރުކަޒަކީ 1966 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ކުރި ހަނގުރާމައެއްގައި ޝަހީދުވި އުރުދުންގެ ޕައިލެޓެއް ކަމަށްވާ ލެފްޓިނެންޓް މުވަފަޤް ސަލްތީގެ ނަމުން ނަންދެވިފައިވާ ތަނެކެވެ.

މި މަރުކަޒަކީ އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ މަތިންދާބޯޓުތައް ކަމަށްވާ އެފް-35، އެފް-22 އަދި އެފް-16 ފަދަ ޖެޓްތަކާއި، ޑްރޯން އަދި ލޮޖިސްޓިކްސް ބޯޓުތައް ބޭނުންކުރާ މައި މަރުކަޒެކެވެ. 2021 ވަނަ އަހަރު އުރުދުން އާއި އެމެރިކާއާ ދެމެދު ވެވުނު ދިފާއީ އެއްބަސްވުމުގެ ދަށުން އެމެރިކާއަށް މި ބޭސް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުގެ ހުއްދަ ލިބިފައިވެއެވެ. ސީރިއާ އަދި އިރާގުގައި ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ސްޓްރެޓެޖިކް ގޮތުން އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މަރުކަޒަކީ މި އެއާބޭސް ކަމަށް އަސްކަރީ މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.