ދިވެހިލީގަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފިއެވެ.
ނިއުއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައްދޫގައި ބްލޫސްގެ ފަރިތަކުރުންތައް ބޭއްވިގެން ދިޔައިރު، މިއީ އެރަށުގެ ދަނޑުގައި ނިއުރޭޑިއަންޓްގެ ފަރިތަކުރުމެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ހަމައެހެންމެ މިއީ ރަށުން ބޭރުގައި ނިއުރޭޑިއަންޓަށް ލީގްގައި ކުރިމަތިވާ މިފަދަ ފުރަތަމަ އިމްތިހާނުކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ގައްދޫގައި ބޭއްވި ނިއުގެ ފަރިތަކުރުންތަކުގެ ތެރެއިން... ފޮޓޯ: ނިއު
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
ނިއުރޭޑިއަންޓް ޓީމުން ވަނީ މިފަހަރުގެ ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން ނިއުއިން ވަނީ މި ސީޒަނަށް ތީމް ވަރުގަދަ ކުރުމަށް ބިދޭސީ ކުޅުންތެރިން ގެނެސްފައެވެ. އެންމެ ފށހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ޑޮރިއެލްޓަން އެވެ.
ލީގްގެ ފުރަތަމަ މެޗަށް ނިއު ގައްދޫއަށް ދިއުމުން އެރަށުން އެޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists