ބޯޓުގެ މީހުން އާއްމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް-
ހަބަރު
11 Sep 2026 | 14:08
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް، އެއް ބޯޓުގެ ނަގިލިވެސް ނެތް

މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގެ މޫސުން އާދަޔާ ޚިލާފަށް ގޯސްވެ، ޖެހުނު ބާރު ވަޔާއެކު ނަގިލި ކަހައިގެން ގޮހެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ހާދިސާގައި ބްރިޖަށް އެއްވެސް ގެއްލުމެއް ލިބުނުތޯ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުންނެވެ.

މި ދެ ބޯޓުގެ ހާލަތާ ގުޅޭގޮތުން ބޯޓުގެ ފަޅުވެރިން މިދިޔަ ޖުލައި މަހުގެ މެދުތެރޭގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، "ކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން (ކޭޖީ 1 ގައި 9 މީހުން އަދި އޭއެލް 1 ގައި 11 މީހުން) ތާށިވެފައިވާ ކަމަށެވެ. އެ މީހުން ތިބީ ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި، ސާފު ބޯފެނާއި، ތެޔޮ އަދި އެހެނިހެން ޒަރޫރީ ސާމާނަށް އިންތިހާއަށް ޖެހި، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

ފަޅުވެރިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ބޯޓުގެ ތެރެއިން "ކޭޖީ 1" ގެ ނަގިލި ގެއްލިފައިވާއިރު، "އޭއެލް 1" ގެ ނަގިލީގެ ހާލަތު ވެސް ހުރީ ވަރަށް ދެރަކޮށެވެ. މޫސުން ގޯސްވެ، ނުރައްކާތެރި ހާލަތެއްގައި ނަގިލި އަޅައިގެން ތިބެން ޖެހުމުގެ ސަބަބުން އެ މީހުންގެ ފުރާނައަށާއި ކައިރީގައި ހުރި އެހެން އުޅަނދުފަހަރުގެ ސަލާމަތަށް ވެސް އޮތީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރާސް އިންޑިއާ (NUSI) އިން ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (IMO)، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (ILO)، އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވޯކާސް ފެޑެރޭޝަން (ITF)، އިންޑިއާ ސަރުކާރު، މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން އަދި އެމްއެންޑީއެފް ކޯސްޓްގާޑަށް އެމީހުންނަށް އެހީވުމަށް އިލްތިމާސް ކޮށްފައެވެ. އެ ޔޫނިއަނުން އެދިފައިވަނީ މި 20 ފަޅުވެރިންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނުލިބި ހުރި މުސާރަތައް ހޯދައިދީ، ވީ އެންމެ އަވަހަކަށް އެ މީހުން އަނބުރާ ޤައުމަށް ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

ބޯޓުތަކާ ގުޅޭގޮތުން ޤާނޫނީ ނުވަތަ އިދާރީ މައްސަލައެއް ހިނގަމުން ދިޔަ ނަމަވެސް، ކުށެއް ނެތް ފަޅުވެރިންނަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާއާއި ތެޔޮ ފަދަ ޒަރޫރީ ޚިދުމަތްތައް ހުއްޓުވައިގެން ނުވާނެ ކަމަށާއި، އަބަދުވެސް އެންމެ އިސްކަންދޭންވާނީ އިންސާނިއްޔަތުކަމަށް ކަމަށް އެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ.

ފަޅުވެރިން ވީޑިއޯ މެދުވެރިކޮށް ބުނެފައިވަނީ، އެ މީހުންގެ ހާލަތު އިންތިހާއަށް ގޯސްވެ، ފުރާނައަށް ނުރައްކާވާނެ ކަމުގެ ބިރުހީވެފައިވާ ކަމަށެވެ. އަދި މި އިންސާނީ ކާރިސާ ކަނޑުމަތީގެ ބޮޑު ހިތާމަވެރި ހާދިސާއަކަށް ބަދަލުވުމުގެ ކުރިން، ކަމާބެހޭ ހުރިހާ ފަރާތްތަކުން ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެ މީހުން ވަނީ އާދޭހާއެކު ގޮވާލާފައެވެ.

ކޮމެންޓް
މުހައްމަދު
ބެހިގެން އޮޔާ ގޮސްތޯ ބުރިޖުގެ ތަނބެއްގައި ޖެހުނީ؟ ރާއްޖެ ސަރަހައްދަށް މާލެއަތޮޅަށް ވަދެވުނީވެސް ބެހިގެންތޯ
11 Sep 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.