ޓީޗާސް ކޮންފަރެންސް ފެށުމުގެ ތެރެއިން.. ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
12 Sep 2026 | 10:39
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި

ތަޢުލީމީ ދާއިރާގެ ތަޖުރިބާތައް ޙިއްޞާކޮށް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް (އައި.ޓީ.ސީ) މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ޝަހީދު ޢަލީ ހިނގުމުގައި ހުންނަ ޝަހީދު ޢަލީ ސްކޫލްގައި މިފަހަރުގެ ކޮންފަރެންސް ފައްތަވައިދެއްވީ ނައިބުރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފެވެ.

މިއީ ތަޢުލީމީ ދާއިރާގެ އެކި ދިރާސާތަކާއި އައު އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ސިލްސިލާކޮށް ރާއްޖޭގައި ބާއްވަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

މި ކޮންފަރެންސްގެ މައިގަނޑު މައުޟޫޢުތަކުގެ ތެރޭގައި އެންމެން ޝާމިލުކޮށްގެން ކިޔަވައިދިނުން (އިންކްލޫސިވް އެޑިއުކޭޝަން)، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް ޕެޑަގޮޖީގެ އިތުރުން ދިވެހި ބަހާއި އިސްލާމް ދީނުގެ މުހިންމު މައުޟޫޢުތައް ހިމެނެއެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމީ ޚިދުމަތްތެރިންނާއި އެކަޑަމިކް ބޭފުޅުން ތައްޔާރުކޮށްފައިވާ 60 އަށްވުރެ ގިނަ ރިސާޗް ޕޭޕަރު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ޚާއްޞަ ސެޝަންތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ޚާއްޞަ 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި ކީނޯޓް 2 ސްޕީޗް ހިމެނެއެވެ. މީގެ އިތުރުން މިފަހަރުގެ ޓީޗާސް ކޮންފަރެންސްގައި އިސްކަންދެވޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދޭނެ އުކުޅުތަކާއި، ކްލާސްރޫމްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންކަމުގެ އިތުރުން ކޯޑިންގ އަދި ރޮބޮޓިކްސް ފަދަ ޒަމާނީ އަދި އައު ދާއިރާތަކަށް އަލިއަޅުވާލުން ހިމެނެއެވެ.

މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.