ސިނަމާލެ ބްރިޖް ކައިރިއަށް އުރުނު ދެ ބޯޓު... ފޮޓޯ: ދަ ޕްރެސް
ހަބަރު
12 Sep 2026 | 15:59
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި: އެޗްއާރުސީއެމް

ސިނަމާލެ ބްރިޖް ކައިރިއަށް އުރުނު ބޭރުގެ އުޅަނދުތަކުގެ މައްސަލަ މީގެ ކުރިން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލައިގައި ބޯޓުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ. އެގޮތުން މި މައްސަލަ ކޮމިޝަނަށް ހުށަހެޅުނީ އެ އުޅަނދުގައި ބޯފެނާއި، ކާތަކެއްޗާއި އަދި އެހެނިހެން އަސާސީ ސާމާނު ހުސްވެފައިވާ ކަމަށް ބުނެ އެ އުޅަނދުގެ ފަޅުވެރިންގެ ފަރާތުން ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މި ޝަކުވާއާ ގުޅިގެން، އުޅަނދުގައި ތިބި ފަޅުވެރިންގެ ޞިއްޙީ ޙާލަތާއި، ކެއިންބުއިމުގެ އިންތިޒާމުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭނުންތައް ފުރިހަމަވެފައިވޭތޯ އެ ކޮމިޝަނުން ވަގުތުން ބެލިކަމަށް ބުންޏެވެ.

މީގެ އިތުރުން، އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި އެ އުޅަނދަށް ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން، ޖުލައި މަހުގެ ތެރޭގައި ފަޅުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.