އީގަލްސް އާއި ބިސްބުރު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ކުޅިވަރު
12 Sep 2026 | 19:27
ބިސްބުރު ބަލިކޮށް އީގަލްސްއިން ސީޒަންގެ ފެށުން ރަނގަޅުކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސް އިން މި ފަހަރުގެ ސީޒަނުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އާމިރު އެލް އެވެ. އޭގެ ފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒައިން ވަނީ ލަނޑެއް ކާމިޔާބުކޮށް އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތަނާހެން ބުރު ސްޕޯޓްސް ކްލަބުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، އެ ޓީމުގެ މުހައްމަދު ޒިދާން ވަނީ ލަނޑެއް ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްދީ އެ ޓީމަށް އުއްމީދު އާކޮށްދީފައެވެ. ނަމަވެސް، އީގަލްސް އިން ވަނީ އިތުރަށް ވިސްނުންތެރިކަމާއެކު ކުޅެ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

އީގަލްސް އާއި ބިސްބުރު ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރިމިއާ ލީގް

އީގަލްސް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ތިންވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އެވެ.

މި މެޗުން ބަލިވި ނަމަވެސް، ލީގުގައި ބުރު ސްޕޯޓްސް ކްލަބަށް ކުރިއަށް ދެން އޮތީ މުހިންމު މެޗެކެވެ. އެ މެޗުގައި އަންނަ ބްރާސްފަތި ދުވަހު އެ ޓީމު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ