ބޯޓުން ދަތުރުކުރި މީހުންގެ އާއިލާ މީހުން ހިތާމަ ފާޅުކުރަނީ-
ދުނިޔެ
14 Sep 2026 | 06:57
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ

އިންޑޮނޭޝިއާގެ ޖާވާ ކަނޑުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރު ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެއެވެ.

އެ ޤައުމުގެ ސަރޗް އެންޑް ރެސްކިއު އެޖެންސީން މަޢުލޫމާތު ދޭ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބަންޑުންޖަހާލާފައިވަނީ "ވާގޯ ޓްރާންސްޕޯޓް 8" ނަމަކަށް ކިޔާ ބޯޓެކެވެ. މި ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން މިހާތަނަށް 108 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ހާދިސާއިން ސަލާމަތްވި ރިންޓޯ އަރަހަބް ނަމަކަށް ކިޔާ ފަސިންޖަރަކު ބުނި ގޮތުގައި، ބޯޓު ބަންޑުންޖަހާލުމާއެކު އޭނާ ހިފެހެއްޓީ ބޯޓުގެ ރެއިލިންގައެވެ. އަދި ބޯޓު ކަނޑު އަޑިއަށް ދާން ފެށުމުން މަސައްކަތުން އޭގެ މައްޗަށް އެރި ކަމަށާއި، އެ ވަގުތު ހަމައެކަނި ކުރެވުނު ކަމަކީ ސަލާމަތްތެރިކަމަށް އެދި ދުޢާކުރުން ކަމަށް އޭނާ ކިޔައިދިނެވެ.

ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން މިހާރު ދަނީ ޚަބަރެއް ލިބޭތޯ ބަންޖަރުމާސިން ސިޓީއަށް އެއްވަމުންނެވެ. އެގޮތުން ޕުތުރީ ނަމަކަށް ކިޔާ އަންހެނަކު ބުނީ، ފޯނު ކެނޑުމުގެ ކުރިން ބޯޓުގައި އިން އޭނާގެ ފިރިމީހާ ހަރމަންއާ ވާހަކަދެއްކުނު ކަމަށާއި ނަމަވެސް އޭގެ ފަހުން އެއްވެސް ވަރަކަށް ނުގުޅޭ ކަމަށެވެ.

ބަންޖަރުމާސިން ސަރޗް އެންޑް ރެސްކިއު އޮފީހުގެ ވެރިޔާ އައި ޕުޓު ސުދަޔާނާ ވިދާޅުވީ، ސަލާމަތްކުރެވުނު މީހުން ކައިރީގައި ހުރި އެހެން އުޅަނދުފަހަރަށް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އީސްޓް ޖާވާގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

17،000 އަށް ވުރެ ގިނަ ރަށްތައް އެކުލެވޭ އިންޑޮނޭޝިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމަށް އާންމުކޮށް ބޭނުންކުރަނީ ފެރީއާއި ބޯޓުފަހަރެވެ. އެއީ ވައިގެ ދަތުރުފަތުރާ އަޅާބަލާއިރު ކަނޑުދަތުރުގެ ޚަރަދު ކުޑަވެފައި ފަސޭހައިން ލިބެން ހުންނާތީއެވެ. ނަމަވެސް މޫސުން ގޯސްވުމާއި ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް އެ ޤައުމުގައި ހިނގުމަކީ އާންމު ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.