ތެޔޮ ވިއްކާ ތަނެއް-
ދުނިޔެ
14 Sep 2026 | 07:59
ސަޢޫދީ އަށާއި ހޮރްމުޒް ކަނޑުއޮޅިއަށް ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ

ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.

މި ބަދަލު އައިސްފައިވަނީ ސަޢޫދީގެ މުހިންމު ތެޔޮ ހޮޅިއެއް ބަންދުކުރުމާ ގުޅިގެން ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު މާކެޓް ހުޅުވުނުއިރު އަގުތައް 3 އިންސައްތައަށް އުފުލުނު ނަމަވެސް، ފަހުން ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކަށް 2.90 ޑޮލަރު (2.77 އިންސައްތަ) އިތުރުވެ، 107.51 ޑޮލަރަށް އަރާފައެވެ. އަދި ޑަބްލިއުޓީއައި ފިއުޗާސްގެ އަގު 2.27 ޑޮލަރު (2.27 އިންސައްތަ) މައްޗަށް ގޮސް، ފީފާއަކަށް 102.32 ޑޮލަރަށް ވަނީ އަރާފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ތެލުގެ އަގު 8 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ ޖުލައި މަހަށްފަހު ތެލުގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސަޢޫދީގެ ދެކުނު ޖާޒާން ޕްރޮވިންސަށް ހޫތީން ދިން ހަމަލާތަކެއްގައި ގޭގެ އަށާއި މިސްކިތަކަށް ގެއްލުން ލިބިފައިވާ ވީޑިއޯތަކެއް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ޢާންމުކޮށްފައެވެ. އަދި އަވައްޓެރި ޕްރޮވިންސެއްގައި ހުންނަ ސަޢޫދީ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާދީފައިވާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ. މީގެއިތުރުން، އިރާޤުގެ ތެރެއިން ފޮނުވާލި ޑްރޯން ހަމަލާއަކާ ގުޅިގެން ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅި މިދިޔަ ހުކުރު ދުވަހު ވަނީ ބަންދުކޮށްފައެވެ. މިއީ ހޮރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ސަޢޫދީން ތެޔޮ ބޭރުކުރާ މައިގަނޑު މަގަށްވުމާއެކު، މި ހޮޅި ބަންދުވުމަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 4 އިންސައްތައަށް ނުރައްކާވާނެ ކަމެކެވެ.

ހަމައެއާއެކު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް ހަމަލާއެއް އަރައި އަލިފާން ރޯވުމުގެ ސަބަބުން، އޭގެ ފަޅުވެރިން ސަލާމަތްކުރަން ޖެހުނު ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީ އިން ވަނީ ހާމަކޮށްފައެވެ. އަދި އީރާނުގެ އައްސޭރިފަށުން އެ ޤައުމުގެ ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، ހަތަރު ފަޅުވެރިން ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ. އަނެއްކޮޅުން، ޔަމަނުގެ ހޫތީން ވަނީ ސްޓްރެޓީޖިކް ރަށެއް ކަމަށްވާ ޕެރިމް އައިލެންޑަށް އަރައި، ދުނިޔޭގެ ތެލުގެ 4-5 އިންސައްތަ ދަތުރުކުރާ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކުރަން ފަށާފައެވެ.

އައިޖީ މާކެޓް އެނަލިސްޓް ޓޯނީ ސައިކާމޯ ވިދާޅުވި ގޮތުގައި، ޢުމާނުގައި ބާއްވާ މަޝްވަރާތަކުން ނަތީޖާއެއް ނުނުކުމެ ނުވަތަ ސަޢޫދީގެ ތެޔޮ ހޮޅި އަވަހަށް އަލުން އޮޕަރޭޝަނަށް ނުގެނެވިއްޖެނަމަ، ތެލުގެ އަގު ފީފާއަކަށް 119.48 ޑޮލަރާ ހަމައަށް އުފުލުމުގެ ފުރުޞަތު އެބައޮތެވެ.

ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ޚަލީޖުގެ ޤައުމުތަކާއި އީރާނާ ދެމެދު ޢުމާނުގައި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށް ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ވަނީ 'އެކްސް' މެދުވެރިކޮށް އިޢުލާނު ކުރައްވާފައެވެ.

އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައަށް ހަ މަސް ފާއިތުވެފައިވާއިރު، މިދިޔަ ޖޫން މަހު ވީ ވަގުތީ އެއްބަސްވުން ރޫޅުނު ފަހުން މިހާތަނަށް ޞުލްޙައިގެ އެއްވެސް މަޝްވަރާއެއް ބޭއްވިފައެއް ނުވެއެވެ.

ކޮމެންޓް
ނަސީމް
އިންވެސް ރާއްޖޭން ހަދާނީ ރިޔާސީ ކަމަކަށް! އެއީ ވެރިޔަކަށް ހުންނަ މީހަކު ކުރާ ކަމަކަށް!
14 Sep 2026
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.