މެލޭޝިއާ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Sep 2026 | 12:12
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ރާއްޖެއިން އެދުނު އެހީތެރިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެކަމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކް، "ބޭންކް ނެގާރާ މެލޭޝިއާ" އިން އިޖާބަދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެމްއެމްއޭ އިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް އަޅުގަނޑުމެން އުސޫލެއްގެ މަތިން މިވަނީ އެއްބަސްވެފައި. ނަމަވެސް، ދެ ގައުމުގެ މަރުކަޒީ ބޭންކުން މިކަމުގެ މެކޭނިޒަމާއި އުސޫލުތައް އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަމަޖައްސައި، އެއްބަސްވުން އަވަހަށް ނިންމުމަށް މަސައްކަތް ކުރަންޖެހޭ. މިއީ ދެގައުމުގެ ދެމެދުގައިވާ އިތުބާރާއި ގާތް ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެގެން ކުރެވޭ ކަމެއް،" އަންވަރު އިބްރާހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިއާގައި 2،000 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ކަމަށެވެ. މިއީ މެލޭޝިއާގެ ތަޢުލީމީ ނިޒާމަށް ދިވެހިން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި، އެ ދަރިވަރުންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް މެލޭޝިއާ ސަރުކާރުން އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ކިޔަވާ ކުދިންނާއެކު އެ ގައުމަށްދާ ބެލެނިވެރިންނަށް ދިމާވާ އިދާރީ ދަތިތައް ހައްލުކޮށްދިނުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.