ރައީސް މުޢިއްޒު އާއި މެލޭޝިއާ ބޮޑުވަޒީރު ގުޅިފައިވާ ބަޔާން ދެއްވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Sep 2026 | 13:00
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

ރައީސް މުޢިއްޒު ދެއްވި ބަޔާނުގައި ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ވިޔަފާރީގެ އައު އެއްބަސްވުމަކީ ދެ ޤައުމަށްވެސް ފައިދާހުރި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

"ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމަށް މި މަޝްވަރާތަކުގައި އެއްބަސްވެވުނު. މިއީ ދެ ޤައުމުގެ ވިޔަފާރިތަކަށް ވެސް އިތުރު ފުރުސަތުތައް ފަހިވާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާގެ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ރައީސް ވަނީ ދަޢުވަތު އަރުވާފައެވެ. ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ކޮންސްޓްރަކްޝަން އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ހުރި ފުރުސަތުތަކުގައި އިންވެސްޓު ކުރުމަށް ދައުވަތު ދެއްވާފައިވެއެވެ.

ހަމައެއާއެކު ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއެރުވުމުގައި މެލޭޝިއާގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް 58 އަހަރުވީ ޚާރިޖީ ގުޅުމާއި ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރައްވަމުން، އދ. އާއި އޯއައިސީ އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ދިފާޢީ ދާއިރާއިންނާއި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވުނެވެ.

މެލޭޝިއާއިން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، ވިސާގެ ލުއިފަސޭހަތަކާއި ސްކޮލަޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި، ކިޔަވާ ދަރިވަރުންގެ އިތުރުން ޞިއްޙީ ފަރުވާއަށް އެ ޤައުމަށްދާ ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ޢަމަލީ ގޮތުން ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ވެސް މި މަޝްވަރާތަކުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.