ރާއްޖެއާ މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Sep 2026 | 14:23
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިސް ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވާހަކަފުޅުތަކުގައި، މެލޭޝިޔާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ޒަމާނުއްސުރެ ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ރާއްޖެއަށް ވަޑައިގެންނެވުމުން ލިބިވަޑައިގެންނެވި އުފާފާޅުކުރައްވައި، ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕަށް ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، އިސްލާމީ ކަންކަމާއި، ދިފާޢީ ދާއިރާއާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެއިތުރުން ޤުދުރަތީ ވަސީލަތްތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަދެއްކެވިއެވެ.

މި ވާހަކަތަކުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓެއް (ޕީ.ޓީ.އޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ އުޞޫލެއްގެ ގޮތުން އެއްބަސްވެވަޑައިގެންފައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން ޙިއްޞާކުރާ މުހިންމު ކަންކަމުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމާއި، އދ. ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް ދެ ލީޑަރުން ވަނީ އައުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ވެފައިވާއިރު، މި ގުޅުމަކީ މަތީ ފަންތީގެ ބައްދަލުވުންތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.