ޑރ. ޝަމްހީދު
ހަބަރު
15 Sep 2026 | 15:24
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަމްހީދު ވާދަކުރައްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު އިޢުލާނުކުރައްވައިފިއެވެ.

ޑރ. ޝަމްހީދު މިކަން ހާމަކުރެއްވީ "ޝަމްހީދާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ،  ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައި ވަނީ ވެރިކަމުގައި ތިބި ފަރާތްތަކާ ގާތް ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް ކަމަށެވެ.

އަދި ރާއްޖޭގެ ޑިމޮކްރަސީއަށް 18 އަހަރު ފުރިގެން ދިޔައިރު، ދަޢުލަތުން 500 ބިލިއަން ރުފިޔާ ޚަރަދުކޮށް، 160 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ބޮލުގައި އެޅިފައިވީ ނަމަވެސް، ރައްޔިތުން އެދޭ އަސާސީ ޙައްޤުތައް ކަމުގައިވާ ބޯހިޔާވަހިކަމާއި އެކަށީގެންވާ ބޭސްފަރުވާ ފަދަ ޚިދުމަތްތައް އަދިވެސް ފުރިހަމައަށް ހާސިލުވެފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، އޭނާގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވައި، ޢާންމު ރައްޔިތުމީހާގެ ޙައްޤުގައި އިޚްލާޞްތެރި ވެރިކަމެއް ކޮށްދެއްވުން ކަމަށެވެ.

ޝަމްހީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި، އެ ޕާޓީގެ ކުރީގެ ރައީސް ޝާހިދުވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
މުޖުރިމް
ޝަމްހީދަކީ ރަގަޅުމީހެއް ދެން އެޕާޓީން ކުރިމަތިލާންތިބި އެއްވެސްމީހަކު ކަމަކުނުދޭ
15 Sep 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.