މަދޫރާ އާއި އެލެކްސް ސާބް-
ދުނިޔެ
16 Sep 2026 | 09:13
195 މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް ސާބް އެމެރިކާގެ ކޯޓެއްގައި ކުށަށް އިއުތިރާފުވެއްޖެ

ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.

އަންގާރަ ދުވަހު އެމެރިކާގެ ފްލޮރިޑާގެ މިއާމީ ކޯޓުގައި ވެވުނު އިއުތިރާފު އެއްބަސްވުމުގެ (ޕްލީ ޑީލް) ދަށުން، އުމުރުން 54 އަހަރުގެ ސާބް ވަނީ 195 މިލިއަން އެމެރިކާ ޑޮލަރު (145 މިލިއަން ޕައުންޑް) ދައުލަތަށް ދެއްކުމަށާއި، އެމެރިކާގެ ޕްރޮސެކިއުޓަރުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ. މީގެ ކުރިން ކުށަށް އިންކާރުކުރަމުން ދިޔަ ސާބްގެ މައްޗަށް މި ކުށުގައި 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ކޮލަމްބިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސާބްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ވެނެޒުއެލާގެ ނިކަމެތި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ވެލްފެއާ މަޝްރޫއަކުން ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެ ފައިސާގެ ތެރެއިން ބައެއް އެމެރިކާގެ ބޭންކު އެކައުންޓުތަކަށް ޖަމާކުރި ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ކުރިމަތިވި ސިޔާސީ އަދި އިގުތިސާދީ ކާރިސާތަކުގެ ސަބަބުން ވެނެޒުއެލާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ނުހަނު ބޮޑަށް ޖެހިފައެވެ.

އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ބުނީ، ވެނެޒުއެލާގެ ރައްޔިތުންގެ އަތުން ވައްކަންކޮށް، ޣައިރު ގާނޫނީ ކަންކަމަށް ފައިސާ ހޯދުމަށް އެމެރިކާގެ މާލީ އިދާރާތައް ނަހަމަ ގޮތުގައި ބޭނުންކުރި އެލެކްސް ސާބް ފަދަ ކުށްވެރިންނަށް އެފްބީއައި އިން ފިޔަވަޅު އަޅައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މި މައްސަލައަކީ އެމެރިކާގައި ސާބްގެ މައްޗަށް ހިންގުނު ދެވަނަ ޖިނާއީ މައްސަލައެވެ. މީގެ ކުރިން 2020 ވަނަ އަހަރު ވެނެޒުއެލާ އިން 350 މިލިއަން ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި އޭނާ އެމެރިކާއަށް ގެނެވުނު ނަމަވެސް، 2023 ގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އޭނާއަށް މާފު ދީފައެވެ. ނަމަވެސް، މަދޫރޯގެ ވެރިކަން ބަދަލުވެ، އެ ގައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްގެ ސަރުކާރުން މިދިޔަ މެއި މަހު ސާބް އަލުން ވަނީ އެމެރިކާއާ ހަވާލުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު ކަރަކަސްގައި އެމެރިކާ ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި މަދޫރޯ އަދި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ވަނީ ހައްޔަރުކޮށްފައެވެ. އަންނަ އަހަރު ނިއުޔޯކްގައި ހަތިޔާރާއި މަސްތުވާތަކެތީގެ މައްސަލައިގައި އެ ދެމަފިރިންގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާއިރު، ސާބް ހެދި އިއުތިރާފު އެއްބަސްވުމުގެ ސަބަބުން މަދޫރޯއާ ދެކޮޅަށް އޭނާ ހެކިބަސް ދީފާނެ ކަމަށް ވަނީ ބެލެވިފައެވެ. މި އެއްބަސްވުމުގައި ސީދާ މަދޫރޯގެ ވާހަކަ ނެތް ނަމަވެސް، އެއްވެސް މީހަކު ހިމާޔަތްކުރުމަށްޓަކައި ދޮގު މައުލޫމާތު ނުދިނުމަށާއި އެއްވެސް ކަމެއް ސިއްރު ނުކުރުމަށް ސާބް ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.