-
ލައިފްސްޓައިލް
16 Sep 2026 | 09:35
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް

ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.

ޝޯޓް ކަޓްގެ ނުރައްކާ

ޝޯޓް ކަޓުގެ ނުރައްކާ ދެނެގަންނާށެވެ. ކްރޭޝް ޑައެޓެއްގައި އާންމު ގޮތެއްގައި ދުވާލެއްގެ ކެލޮރީ 800 އަށްވުރެ ދަށްކޮށް ވީ އެންމެ އަވަހަކަށް ބަރުދަން ލުއިކުރަން މަސައްކަތް ކުރެވެއެވެ. ބަރުދަން ކިރާ މެޝިނުގެ ނަންބަރު އަވަހަށް ދަށަށް ދާތީ ހިތްހަމަ ޖެހެއެވެ. އެކަމަކު ހަށިގަނޑުން ގިނައިން އެ ގެއްލެނީ ފެނާއި މަހެވެ. ސަރުބީއެއް ނޫނެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ނުލިބުމާއި ހޯމޯނަށް ބަދަލު އައުމާއި ގޯލް ސްޓޯންސް އުފެދުމުގެ ނުރައްކާ ބޮޑުވެއެވެ. މީގެ އިތުރުން މޫޑު ބަދަލުވުމާއި ކެއުމުގެ ނުރަނގަޅު އާދަތައް ހަރުލުމުގެ ފުރުޞަތު ވެސް ބޮޑެވެ. އެންމެ ބޮޑު މައްސަލައަކީ ކްރޭޝް ޑައެޓުގެ ސަބަބުން ދިގު މުއްދަތުގައި ބަރުދަން އިތުރުވުމެވެ. ފެށުމުގައި ބަރުދަން ލުއިވިޔަސް އެ ބަދަލު ދެމެހެއްޓެނިވި އެއްޗަކަށް ނުވެއެވެ.

ރަނގަޅު ގޮތަކީ ކޮބާ؟

އެހެންވީމާ ހިކެން ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟ އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) ބުނާ ގޮތުގައި ހަފުތާއެއްގެ ތެރޭ އެއް ޕައުންޑާއި ދެ ޕައުންޑާ ދެމެދުގެ ނިސްބަތެއްގައި ލުއިކުރާ މީހުންނަށް ބަރުދަން އެ ވަރުގައި ހިފެހެއްޓުމުގެ ފުރުޞަތު ބޮޑެވެ. ރަނގަޅު ބަރުދަނެއް ހާސިލުކުރުމަށް ބޭނުންވަނީ ރަނގަޅު ކެއުމުގެ އާދަތަކާއި ގަވައިދުން ކަސްރަތު ކުރުމާއި ނިދީގެ ފެންވަރު ރަނގަޅުކުރުމާއި ސްޓްރެސް މެނޭޖް ކުރުމެވެ. މާނައަކީ ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅި ހެޔޮ ބަދަލަކަށް ބައްޓަންކުރުމެވެ.

ބަރުދަން ލުއި ކުރަން ކާނީ ކިހިނެއް؟

ކެއުމުގެ ބަޔަށް ބަލާއިރު ހުރިހާ ފުޑް ގްރޫޕެއް ހިމެނޭ ބެލެންސް ޑައެޓެއް ކެއުން މުހިންމެވެ. ލީން، ޕްރޮޓީން، މޭވާ، ތަރުކާރީ، ހޯލް ގްރެއިން އަދި ފައިދާ ހުރި ފެޓް ހިމެނޭ ކެއުމެއް ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދީ ބަނޑުހައި ނުވެ ގިނައިރު ހިފަހައްޓައިދެއެވެ. ކެއުން ހުއްޓައިލުމުގެ ބަދަލުގައި މުހިންމީ ހަށިގަނޑަށް ބޭނުންވާ ރަނގަޅު ތަކެތި ކެއުމެވެ.

މިއާއެކު ގަވައިދުން ކަސްރަތު ކުރުމުން ކޮލެސްޓްރޯލް ރަނގަޅުވުމާއި، ހަށިގަނޑުގެ ބަރުހެލިކަން ނެތި ދިޔުމާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކުޑަވެ، ހިތުގެ ބަލިތަކާއި، ޓައިޕް 2 ހަކުރު ބަލީގެ ނުރައްކާ ކުޑަވުން ފަދަ ފައިދާތައް ހާސިލުވެއެވެ. ކަސްރަތު ކުރުމުން ހަމައެކަނި ކެލޮރީ އެންދެނީއެއް ނޫނެވެ. މެޓަބޮލިޒަމް ވެސް އަވަސްވެއެވެ. ބާރަށް ހިނގުން، ބައިސްކަލް ދުއްވުން ފަދަ އެރޯބިކް ކަސްރަތުން ކެލޮރީ އަންދައެވެ. ރެސިސްޓެންސް ޓްރެއިނިން ނުވަތަ ބަރު އުފުލުމުން މަސްގަނޑު ބެލެހެއްޓި އަރާމު ކުރާއިރުވެސް ހަށިގަނޑުން ހޭދަކުރާ ހަކަތައިގެ މިންވަރު މައްޗަށް ދެއެވެ.

ބަރުދަން ލުއި ކުރުމުގެ ފައިދާ

ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ ފައިދާ ހަމައެކަނި ބޭރުފުށުން ފެންނަ ބަދަލާ ހަމައިން ނިމެނީކީ ނޫނެވެ. ބައްޓަން ރީތިވުމުގެ އިތުރުން ސްޓްރެސް ހޯމޯނެއް ކަމަށްވާ ކޯޓިސޯލްގެ މިންވަރު ދަށްވެ ނަފުސާނީ ގޮތުން ހަމަޖެހުން ލިބެއެވެ. ކަސްރަތު ކުރާއިރު ހަށިގަނޑުން ނުކުންނަ ކެމިކަލްތަކުގެ ސަބަބުން މޫޑު ރަނގަޅުވެ ހަމަޖެހުން ލިބެއެވެ. އެއާ އެކު ނިދީގެ ފެންވަރު ވެސް ރަނގަޅުވެއެވެ. ބަރުދަން އިތުރުވުމުން ނިދީގެ ބައްޔެއް ކަމަށްވާ ސްލީޕް އެޕްނީއާ ފަދަ ކަންކަން ކުރިމަތިވެ ރެއާ ދުވާލު ވަރުބަލިކަން އިހުސާސް ވެއެވެ. ބަރުދަން ލުއިކުރުމުން މި ކަންކަމުން ލުޔެއް ލިބެއެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ ކެތްތެރިކަމާ އެކު ތަކުރާރުކޮށް ކުރާ ކުޑަ ކުޑަ ހެޔޮ ބަދަލުތައް ދިގު ދެމިގެންދާ ބޮޑު ނަތީޖާއަކަށް ގެންގޮސްދެއެވެ. ތިބާގެ ހަށިގަނޑާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި ހަށިގަނޑާ އެކީ މަސައްކަތް ކުރާށެވެ. ރީތި ބައްޓަމަކީ ރެއެއްގެ ތެރޭ ލިބޭ އެއްޗެއް ނޫނެވެ. އެކަމަކު ރަނގަޅު މަގުން ކުރާ ދަތުރުގެ ކޮންމެ ފިޔަވަޅެއްގައި ހަށިގަނޑާއި ނަފުސަށް ލިބޭ ދުޅަހެޔޮކަމަކީ ހަމައެކަނި ކިލޯގެ ނަންބަރެއް ނޫނެވެ.

އެހެންކަމުން ޝޯޓް ކަޓެއް ކޮށައިލުމުގެ ބަދަލުގައި ދިރިއުޅުމުގެ ވައްޓަފާޅި ރީތިކޮށް ބައްޓަންކުރުން ޚިޔާރުކުރައްވާށެވެ. ބޭނުންވާ ނަތީޖާ ފެންނާނީ ކެތްތެރިކަމާ އެކު ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.