މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް-
ދުނިޔެ
16 Sep 2026 | 11:33
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން: ބޮޑުވަޒީރު އަންވަރު އިބްރާހީމް

އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.

ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެލޭޝިޔާގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ ތަންޖުން ޕެލެޕާސް ޕޯޓުން އިސްރާއީލަށް ފޮނުވަން އުޅުނު ތިން ކޮންޓޭނަރެއް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ވަނީ ހިފަހައްޓާފައެވެ. މި ކޮންޓޭނަރުތަކަކީ ޗައިނާއިން އިސްރާއީލުގެ އަޝްދޫދު ބަނދަރަށް ގެންދިޔުމަށް ފޮނުވި ތަކެއްޗެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، އިސްރާއީލުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެހީތެރިވެދޭ އެއްވެސް މުދަލެއް އުފުލުމަށް މެލޭޝިޔާގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ޝައްކުކުރެވޭ ކޮންމެ މުދަލެއް މެލޭޝިޔާގެ ގާނޫނުތަކާ އެއްގޮތަށް ބަލައި ފާސްކުރާނެ ކަމަށާއި، ގާނޫނާ ޚިލާފު ކަމެއް ފެނިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާގެ ބޯޑަރ ކޮންޓްރޯލް އެޖެންސީން ހާމަކުރި ގޮތުގައި، ހިފެހެއްޓި ކޮންޓޭނަރުތަކުގެ މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ތިން ކޮންޓޭނަރު ހިފެހެއްޓުމުގެ ދެ ހަފްތާ ކުރިންވެސް، ފިލިޕީންސުން އިސްރާއީލުގެ އަސްކަރީ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސްއަށް ފޮނުވަން އުޅުނު ކޮންޓޭނަރެއްވެސް މެލޭޝިޔާއިން ވަނީ ހިފަހައްޓާފައެވެ.

މެލޭޝިޔާއަކީ އޭޝިއާ ސަރަހައްދުގެ އެންމެ ބާރުބޮޑު ކަނޑުދަތުރުފަތުރުގެ މަގުތަކުގައި އޮންނަ މުހިންމު ޝިޕިންގ ހަބެކެވެ. މެލޭޝިޔާއާއި އިސްރާއީލާ ދެމެދު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނަ ނަމަވެސް، މުދާ ގެންދިޔުމުގައި މެލޭޝިޔާގެ ބަނދަރުތައް ޓްރާންސިޓްގެ ގޮތުގައި ކުރިން ބޭނުންކުރެއެވެ. ނަމަވެސް، މި ފިޔަވަޅުތަކަކީ އިސްރާއީލަށް މުދާ ގެންދިޔުމުގައި މެލޭޝިޔާއިން ގެންގުޅޭ ސިޔާސަތަށް އައި ބޮޑު ބަދަލެއް ކަމަށް ބްލޫމްބާގުން ފާހަގަކުރެއެވެ.

މެލޭޝިޔާއަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޤަތުލްއާއްމާއި، ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އެންމެ އަޑުއުފުލާ އެއް ގައުމެވެ. އެގޮތުން، މިދިޔަ ހަފްތާ ބަންދުގައި ނިއުދިއްލީގައި ބޭއްވުނު ބްރިކްސް ސަމިޓުގައިވެސް އަންވަރު އިބްރާހީމް ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.