ޕީއެންސީ އަންހެނުންގެ މަޖިލީހަށް ވާދަކުރި ބޭފުޅުން: ފޮޓޯ/ ޕީއެންސީ
ހަބަރު
16 Sep 2026 | 12:07
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ޝިއުނާއަށް

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

އިއްޔެ ފެށިގެން ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން މިއަދު ކުރިއަށްދަނީ ޕާޓީގެ އިސް އެކި މަޤާމުތަކަށް މީހުން ހޮވުމުގެ ވޯޓުލުމެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު މިހާރު އިންތިޚާބުކޮށްފައިވާއިރު، މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމުގެ މަސައްކަތް ވެސް ދަނީ ބާރަށް ކުރިއަށެވެ.

ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ޚާއްޞަކުރި 10 ގޮނޑިއަށް ޖުމްލަ 22 އަންހެނުން ވާދަކުރެއްވިއެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވި 10 ބޭފުޅުންނަކީ:

މަރްޔަމް ޝިއުނާ

ޝެރީން ޢަބްދުއްޞަމަދު

ޢާއިޝަތު މުޙައްމަދު

ފާޠިމަތު ރުހުސާނާ

ފާޠިމަތު މިޒުނާ

ފާޠިމަތު މުޙައްމަދު

އާސިޔަތު ރިޔާސާ

އާމިނަތު ނަމްޒާ

އާމިނަތު ޝުހުދާ

މަރިޔަމް ސާމިޔާ

މި ގޮނޑިތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ސެނެޓަށް ހޮވިވަޑައިގަތީ މަރްޔަމް ޝިއުނާއެވެ. އޭނާއަށް ވަނީ 931 މަންދޫބުންގެ ވޯޓު ލިބިވަޑައިގެންފައެވެ.

އަންހެނުންގެ އިތުރުން ޒުވާނުންނަށް ޚާއްޞަ ގޮނޑިތަކެއް ވެސް އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، އެންމެންނަށް ވާދަކުރެވޭ ގޮތަށް އާންމު މެންބަރުންގެ ގޮތުގައި ހޮވާ 18 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުން ވެސް އޮންނާނެއެވެ. މި 18 ގޮނޑިއަށް 70 އަށް ވުރެ ގިނަ ބޭފުޅުން ވަނީ ވާދަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.