-ފިނޭންސް މިނިސްޓަރު ޒަރީރު-
ހަބަރު
17 Sep 2026 | 14:34
މި ސަރުކާރުން އަންނަނީ ދުރާލާ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން: ވަޒީރު ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން ދުރާލައި ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް މިއަދު ދައްކައި ސަރުކާރުން ވަނީ އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން ދުރާލައި ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުން ކުރިއަށްދާ ކަމަށާއި ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ސާލިޙުގެ ވެރިކަމުގައި ބަޖެޓް ސަޕޯޓަށް ނެގި މި ފެސިލިޓީން މި ސަރުކާރުން ވަނީ ތިން ބުރެއްގެ މަތިން ފައިސާ ދައްކާފައެވެ. ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ 2024 ގައި ދެވަނަ 50 މިލިއަން ޑޮލަރު 11 މެއި 2024 ގައި ދެއްކުމަށް ފަހު މިއަދު ދެއްކީ ބާކީ އޮތް އެންމެ ފަހު ބައެވެ.

ފިނޭންސް ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭރު ފައިސާ ލިބުމުގައި ދަތިވާނެ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި ޒަރޫރީ މުދަލާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށާއި އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ފިނޭންސް ވުޒާރާއިން އުންމީދުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.