ފޮޓޯ: ސީ.އެމްވީ
ހަބަރު
21 Sep 2026 | 13:08
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ އަތުލިޔުމުގެ މުބާރާތަށް ފޯމު ހުށަހެޅުމަށް ހުޅުވައިލައިފި

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވައިލައިފިއެވެ.

ގެޒެޓުގައި އެ އެކަޑަމީން ޝާއިޢުކުރި އިޢުލާނުގައިވާ ގޮތުން މުބާރާތް ކުރިއަށް ދާނީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައި ކަމަށްވާ ދެ ގިންތިއަކަށް ބަހައިލައިގެންނެވެ.

އޮފީސްތަކުގެ ގިންތީގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ބައިވެރިވެވޭނެއެވެ.

އަމިއްލަ ގޮތުން ކުރިމަތިލެވޭނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ.

މުބާރާތް ބެހިފައި އޮތީ ރީތިލިޔުމާއި އަވަސްލިޔުމާއި އަތްތެރިލިޔުން ހިމެނޭ ގޮތަށް ތިން ބަޔަކަށެވެ. ކޮންމެ އޮފީހަކުން ވެސް ކޮންމެ ބައެއްގައި ގިނަވެގެން ފަސް މުވައްޒަފުންނަށް ބައިވެރިވެވޭނެ ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ.

ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ އަށެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. 

މި މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި [email protected] އަށް މެއިލްކުރުމަށް އެކަޑަމީއިން ވަނީ އެދިފައެވެ.

އަދި މުބާރާޓުގެ ގަވާއިދާއި ގުޅުންހުރި އެހެނިހެން ލިޔުންތައް ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެކަޑަމީގެ ނަމްބަރު 7772816 އަށް ގުޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.  

ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށް އެ އެކަޑަމީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށް ބޭނުންވާ 5 މިލިއަން ޕޮލީކާބޮނޭޓް ކާޑު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫއު، ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ "މުލްބައުއާ އައިޑީ ސާވިސަސް އިންނެވެ
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.