ރާއްޖޭގެ ވަފުދު ހޯލުން ނުކުންނަނީ-
ހަބަރު
25 Sep 2026 | 09:20
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ

އދ. ގެ އާންމު މަޖިލީހުގައި އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރަން ފެށުމާ އެކު، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 70 އަށް ވުރެ ގިނަ ގައުމެއްގެ މަންދޫބުން އިހުތިޖާޖުކޮށް ޖަލްސާކުރާ މާލަން ދޫކޮށް ނުކުމެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ވަފުދުން ވެސް ބައިވެރިވެ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި ނަތަންޔާހޫ ބޮއިކޮޓްކުރިއެވެ.

މަންދޫބުން ހޯލުން ނުކުމެގެން ދިޔަ ވަގުތު ރުޅިގަދަވެފައި ހުރެ ނަތަންޔާހޫ ވަނީ އެ ގައުމުތަކުގެ މަންދޫބުންނަކީ "ފިނޑިން" ކަމަށް ބުނެފައެވެ. އަދި އޭނާގެ ވާހަކައިގައި، ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ އޭނާއަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ގަތަރާއި ތުރުކީން އިޒްރޭލާ ދެކޮޅަށް ދޮގު ފަތުރާ ކަމަށް ބުނެ ތުހުމަތުކުރިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ދިފާއުކޮށް ނަތަންޔާހޫ ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން މޭޔަރު މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ އދ. ގެ ޕޯޑިއަމް ބޭނުންކުރީ އޭނާ ހިންގާ ގަތުލުއާންމު އޮއްބާލަން ކަމަށާއި، ނަމަވެސް އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ހަނގުރާމައިގެ ކުށްވެރިއެއް ކަމުގެ ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި ގަތަރުން ވެސް ވަނީ ނަތަންޔާހޫގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އިޒްރޭލުގައި އޮންނަ އާންމު އިންތިޚާބާ ދިމާކޮށް ސިޔާސީ ކެމްޕޭނެއްގެ ގޮތުގައި ނަތަންޔާހޫ ކުރިއަށް ގެންދިޔަ މި ތަގުރީރާ ދިމާކޮށް، އދ. ގެ މައި އިދާރާ ބޭރުގައި ވެސް އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ގޮވާލައި ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.