-
ހަބަރު
08 Sep 2026 | 23:32
އިންފެކްޝަން ކޮންޓްރޯލް ކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމެއް އެމްއެންޔޫއިން ކޮލަމްބޯގައި ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްގެން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީޕީޑީ) ސެޝަނެއް ސްރީލަންކާގެ ކޮލަމްބޯގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

"އެޑްވާންސިންގ އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" ގެ ނަމުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 29 އޯގަސްޓް 2026 ގައި، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން (އެލްއާރުއެޗް) ގައެވެ.

އެމްއެންޔޫއިން ބުނީ، މި ސެޝަނަކީ ސްރީލަންކާ އިންޓެންސިވް ކެއަރ ނަރސަސް އެސޯސިއޭޝަނާއި، ކްރިޓިކަލް ކެއަރ ނަރސިންގ އެސޯސިއޭޝަން އޮފް ނޭޕާލް އަދި އިންފެކްޝަން ކޮންޓްރޯލް ސޮސައިޓީ އޮފް ނޭޕާލް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ފެންވަރުގައި ސިއްޙީ ޚިދުމަތްތެރިން އެއްތަނަކަށް ޖަމާކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމާއި ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޤާބިލުކަން އިތުރުކުރުމެވެ.

މި ޕްރޮގްރާމްގައި ސްރީލަންކާއިން 130 ބައިވެރިން ޙާޟިރުވެ ބައިވެރިވި އިރު، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް އަދި ޕާކިސްތާނުން 80 އަށް ވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. މި ސެޝަނަކީ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށާއި، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ އެންމެ ރަނގަޅު އުޞޫލުތައް ދަސްކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުޞަތެކެވެ.

އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، މި އިސްނެގުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގިނަ ލަނޑުދަނޑިތަކަކަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެގޮތުން، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގެ ލަނޑުދަނޑި (އެސްޑީޖީ 4) ޙާޞިލުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި ސިއްޙީ ޚިދުމަތްތެރިންގެ ހުނަރާއި މަޢުލޫމާތު ތަރައްޤީކުރުމަށް މި ޕްރޮގްރާމުން އެހީތެރިވެދެއެވެ.

ހަމައެއާއެކު، ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ލަނޑުދަނޑި (އެސްޑީޖީ 3) ޙާޞިލުކުރުމަށް ބާރުއަޅައި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރެވުނެވެ. މީގެއިތުރުން، އެކި ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމުގެ ލަނޑުދަނޑި (އެސްޑީޖީ 17) ގެ ދަށުން، ސަރަޙައްދީ ފެންވަރުގައި ގުޅުން ބަދަހިކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މި ޕްރޮގްރާމުގެ ސަބަބުން މަގުފަހިވެގެންދިޔައެވެ.

އެމްއެންޔޫއިން ބުނީ، މިފަދަ ބައިނަލްއަޤްވާމީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް މެދުވެރިކޮށް، ސިއްޙީ ދާއިރާގެ ކުރިއެރުމަށާއި ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމަށް އެ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.