08 Aug 2019 | 00:56
"މޫލީ"އާއި އެކު އުރީދޫން އީ-ކޮމާސްގެ ދާއިރާއަށް ފެތުރިގެންފި

ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީ ދިވެހިރާއްޖެއެއް ޤާއިމްކުރުމަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ އައު އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެކެވެ. މީގެތެރޭގައި، ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ.

ސްޕެއިންގައި މިއަހަރު ކުރިއަށްދިޔަ މޮބައިލް ވޯލްޑް ކޮންގްރެސް ބާސެލޯނާ 2019 ގައި ފުރަތަމަ ދައްކާލެވުނު ޕްލެޓްފޯމް، މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ މޫލީ ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން އެވެ.

މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި، ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތަކެވެ. ކުރިއަތް އޮތް ދުވަސްތަކުގައި، މި ޕްލެޓްފޯމް ވެގެންދާނީ ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްޙީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށެވެ. އީ-ކޮމާސް އަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، މޫލީ ޕްލެޓްފޯމުގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެއެވެ. ހަމައެހެންމެ، ކަސްޓަމަރުން ކުރާ ތަފާތު މުޢާމަލާތްތަކަށް ބިނާކޮށް ދެވޭ ޚާއްސަ ލަފާތަކާއި، ޕްރިޑިކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން، އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެއެވެ.

މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ޔަގީންކޮށްދެވޭ ފައިދާތަކުގެ ތެރޭގައި:

• މުޅި ރާއްޖެއަށް ޑެލިވަރީކޮށްދިނުން

• 100% އަސްލު ނުވަތަ ޖެނުއިން ބްރޭންޑުތައް

• އިތުބާރާއިއެކު ވިޔަފާރިކުރެވޭ ޕްލެޓްފޯމެއް

• ފަސޭހަކަމާއި އެކު ގަނެވިއްކައި، ވިޔަފާރި ކުރުމުގެ ފުރުސަތު

• ލިބޭ ޕްރޮޑަކްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ފަސޭހަކަމާއި އެކު ބަދަލުކޮށްލެވޭ

"މޫލީގެ ސަބަބުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ފިހާރައަކަށް ދާންޖެހޭ ދިއުން ލުއިވެގެންދޭ. ބަދަލުގައި، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު އޮންލައިކޮށް އުފެއްދުންތައް ގަތުމުގެ ފުރުސަތު ފޯރުކޮށްދީ، ގަންނަ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވާލަދެން. އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތް ކުރާ މި ޕްލެޓްފޯމް މެދުވެރިކޮށް ގަނެވިއްކުމަށް ވަރަށް އަވަހަށް ހުޅުވާނަން. މޫލީ މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެންދާ އެންމެ މުޙިއްމު އެއް ފައިދާ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކުދި ވިޔަފާރިތަކަށް، ފަސޭހަ ކަމާއި އެކު ވިޔަފާރިކޮށް، ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ހަމައަށްވެސް އެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބޭނެކަން. އަޅުގަނޑުމެންގެ އުއްމީދަކީ، މޫލީ ބޭނުންކުރައްވާ އެންމެހާ ބޭފުޅުންނަށްވެސް ވަރަށް އެދެވޭ ފައިދާތަކެއް ލިބި، ދިވެހިންގެ ހަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ފަހިވެގެންދިއުން." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މޫލީ އާއިއެކު، އުރީދޫއިން ކަސްޓަމަރުންނާއި ކުރިޔަށް ވުރެ ގާތްކޮށް، އެންމެ ގުޅޭގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ޕްރެސްޓޯ އާއިއެކު އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކުރާ ޕްލެޓްފޯމް މެދުވެރިކޮށް، އެކި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދޭނެއެވެ. ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށްފަހު. އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިންގ ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެންނެވެ. މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް ފަސޭހަކަމާއި އެކު މުދާ ފޯރުކޮށްދިނުމުގައި، އުރީދޫ މޫލީގެ ލޮޖިސްޓިކް ޕާޓްނަރ އަކީ ރެޑް ބޮކްސް އެވެ.

އުރީދޫ މޫލީގެ ޚިދުމަތް ހޯއްދެވުމަށް، މައި އުރީދޫ އެޕްގެ އެންމެ ފަހުގެ ވަރޝަން ޑައުންލޯޑު ކުރައްވާށެވެ. އަލަށް ތައާރަފް ކުރެވިފައިވާ މައި އުރީދޫ އެޕްގެ ފަހުގެ ވަރޝަންގައި މޫލީގެ އިތުރުން، މޮބައިލް އަދި ބްރޯޑްބޭންޑުގެ ޚިދުމަތްތައް މެނޭޖްކޮށް، އެމް-ފައިސާގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.