15 Aug 2019 | 22:04
އިންސާނީ ހައްޤަށް މަސައްކަތްކުރާ ފަރާތެއްގެ ރިޕޯޓް: އިންޑިއާ ސިފައިން ކަޝްމީރުގެ ކުޑަކުދިން ކިޑްނެޕްކުރަނީ

ޖަންމު ކަޝްމީރު އަމިއްލަ މިނިވަން ސްޓޭޓެއްގައި އޮތް އޮތުން މޯދީގެ ސަރުކާރުން ނިމުމަކަށް ގެނެސް ގަދަބާރުން ސިފައިން ބޭނުން ކޮށްގެން ކަޝްމީރުގެ ރައްޔިތުން ކޮންޓްރޯލު ކުރަން ފަށާފައިވާތާ މިއަދަށް ދިހަ ދުވަސްވީއެވެ.

އދ ގެ ނިންމުންތަކަށް ގޮންޖަހައި މޯދީ ސަރުކާރުން ނިންމާފައިވާ މި ނިންމުން ދުނިޔޭގެ ޤައުމުތަކުގެ ޕްރެޝަރ ކުޑަކުރުމަށްޓަކައި އަންނަނީ މީޑިއާ މެދުވެރިކޮށް ކަޝްމީރުގެ ހާލަތު ޢާއްމު ހާލަތެއްގައި ވާކަމަށް ދައްކުވައިދެމުންނެވެ. އެގޮތުން މޯދީގެ ސަރުކާރުން މީޑިއާއަށް ހާމަކުރަމުންދާ ގޮތުގައި ކަޝްމީރުގެ ހުރިހާ ކަމެއް ވެސް ހިންގަމުން ދަނީ ވަރަށް އަމާން ކަމާއެކުގައި ކަމަށެވެ. އަދި މަގުތަކުގައި ވެސް މާބޮޑު ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.

އެއާ ޚިލާފަށް ކަޝްމީރު އެތެރެއިން އަންނަ ޚަބަރުތައް އެހެން ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓު ކުރަމުން ދަނީ ތަފާތުކޮށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކަޝްމީރުގެ މުއާސަލާތީ ޚިދުމަތް ވެސް ވަނީ މޯދީ ސަރުކާރުން މުޅިން ކަނޑާލާފައެވެ. ގިނަ އަވަށްތަކުގައި މިނިވަން ކަމާއެކު އެއްވެސް ބަޔަކަށް މަގުތައް މައްޗަށްވެސް ނިކުތުން މަނާކޮށް ކާފިއު އިޢުލާނުކޮށްފައެވެ.

އެގޮތުން ކަޝްމީރުގެ މަގުތައް މަތީގައި އިންޑިއާ ސިފައިން ދަނީ ފޯރިމަރަމުންނެވެ. ޚަބަރުތައް ބުނާ ގޮތުން މި މައްސަލައިގައި ކަޝްމީރުގެ ތެރޭގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުމެދާނެ ކަމަށްޓަކައި ކުރިއާލައި އިންޑިއާއިން ވަނީ ތިރީސް ހާހާއި ސާޅީސް ހާހާއި ދެމެދުގެ އަދަދަކަށް އަސްކަރީ ސިފައިންގެ ޔުނިޓްތައް ބޮޑެތި ލޮރީތަކުގައި ފޮނުވާފައެވެ.

ކަޝްމީރަކީ މުސްލިމުންގެ މެޖޯރިޓީ އޮންނަ އަމިއްލަ މިނިވަންކަން ރަސްކަމެއް ކުރަމުން އައި ތަނެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އޯގަސްޓް 5 އިން 9 އަށް ކަޝްމީރަށް ޒިޔާރަތް ކުރި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ކަވީތާ ކްރިޝްނަން ސިފަކޮށްފައިވާ ގޮތުގައި ކަޝްމީރު ހީވަނީ ފޭރިގަނެފައިވާ އިރާޤް ނުވަތަ ފަލަސްޠީނު ހެންނެވެ. އޭނަ ބުނެފައިވެއެވެ: "ތެދުތެދަށް ބުނާ ނަމަ، އެތަން ހީވަނީ އޮކިއުޕައިޑް އިރާޤު ނުވަތަ ފަލަސްޠީނު ހެން".

އޭނަ ކިޔައިދިން ގޮތުގައި، ރަށްފުށު ހިސާބުން ދިމާވި ބައެއް މީހުންގެ ކިބައިން އެނގުނު ގޮތުގައި އެހިސާބުތަކުގައި އުޅޭ އެތަކެއް ކުދިންނެއް އިންޑިއާ ސިފައިން ވަނީ ކިޑްނެޕް ކޮށްފައެވެ. ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އިންޑިއާ ސިފައިން އައިސް އެކުދިން އެނދުގައި ނިދާފައި ތިއްބާ ނަގައިގެން ސިފައިންގެ ކޭންޕުތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ވަނީ ގެންގޮސްފައެވެ. އަދި އެމީހުން ކިޔައިދިން ގޮތުގައި އެކުދިންނަށް އެކިވަރުގެ އަނިޔާވެސް ދަނީ އިންޑިއާ ސިފައިން ކުރަމުންނެވެ. އޭގެ ތެރޭގައި އުމުރުން ހަތް އަހަރާއި އަދި އެއަށް ވުރެއްވެސް ހަގު ކުދިން ހިމެނެއެވެ. މިކަން ހާމަވީ ހައްޔަރު ކުރި ކުދިން ތެރެއިން ދޫކޮށްލާފައިވާ ބައެއް ކުދިންގެ ކިބައިންނެވެ.

މިވާހަތައް ހިއްސާކުރި އާއިލާތައް އެންމެ ކަންބޮޑުވަނީ ހައްޔަރު ކުރެވުނު ކުދިންނަށް ވީނުވީއެއް ބެލުމަށްޓަކައި އެއްވެސް ގޮތެއް ނެތީމަ ކަމަށާއި އެކުދިން އަނބުރާ އާއިލާތަކަށް ހަވާލު ނުކޮށްފާނެތީ ކަމަށް ވެސް އެމީހުން ބުނި ކަމަށް ކަވިތާ ރިޕޯޓު ކުރެއެވެ.

ކަޝްމީރުގެ ހާލަތު އިތުރަށް ސިފަކޮށްދެމުން ކަވިތާ ބުނެފައިވާ ގޮތުގައި ކޮންމެ ގެއެއްގެ ކައިރީގަ އަދި އާންމުން އެއްވެ އުޅޭ ހުރިހާ ތަނެއްގައިހެން ހަނގުރާމަމަތީ ޔުނީފޯމުގައި ސިފައިން ހަރަކާތްތެރިވަމުން ދެއެވެ. އަދި އާންމުން އެއްވެ ވާހަކަ ދައްކާ ހެދުން ވެސް ވަނީ މަނާކޮށްފައި ވުމުގެ އިތުރުން ޢީދު ދުވަސް ފާހަގަ ކުރުންވެސް މަނަލެވެ. ބައެއް ކުޑަކުދިން ފިޔަވައި އެހެން އެއްވެސް ބަޔަކު ޢީދު ހެދުންވެސް ލައިގެން އުޅޭތީ ނުފެނެއެވެ. އަދި ރަށްފުށު ހިސާބުގެ މިސްކިތްތަކަށް ވެސް މީހުން ދިޔުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން ބަންގި ގޮވުންވެސް ވަނީ މުޅިން މަނާކޮށްފައެވެ. އޭގެ ސަބަބުން ކަޝްމީރުގެ ރައްޔިތުން ނަމާދު ކުރަމުން ދަނީ އެމީހުންގެ ގެތަކުގެ ތެރޭގައެވެ. އަދި އާންމުންގެ ކިބައި ފެންނަނީ ހިތް ނުތަނަވަސް ކަމާއި ހިތްހަމަ ނުޖެހެމުގެ އަސަރުތަކެވެ.

ކަޝްމީރުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފް ޙަބަރާއި މައުލޫމާތު އޭޝިއާގެ ޤައުމުތަކަށް ނުފެންނަ ގޮތަށް ސެންސަރުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.