16 Aug 2019 | 13:55
ކުލަ ޖެހުން: ބަދު އަހުލާގީ އަމަލު ހިންގަން ހޯދާ ބަހަނާއެއް؟

އަޟްހާ އީދާއި ފިތުރު އީދަކީ މާތް ދެ އަޅުކަމަށްފަހުގައި މުސްލިމުންނާ ބައްދަލުކުރާ ވަރަށް އުފާވެރި ދެއީދެެވެ.

އީދުގައި އުފާވެރި ކަމާއެކު، އެކުވެރި މާހައުލެއްގައި، އިސްލާމީ ހުދޫދުގެ ތެރެއިން މުސްލިމުންނަށް މަޖާ ކުރުން އޮތީ ހުއްދަ ކުރައްވާފައެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުން މިދަނީ އީދުގެ ނާޖާއިޒް ފައިދާ ނަގަން ނޭނގި ނަމަވެސް މަސައްކަތް ކުރާ މަންޒަރެވެ. އީދުގެ ފޯރރީގެ ނަމުގައި ބަދު އަހުލާގީ އަމަލުތައް ހިންގާ މަންޒަރު މަދުން ނަމަވެސް ފެނުމަކީ ހިތާމަ ހުރި ކަމެކެވެ.

ދައްކަން މިއުޅެނީ މިހާރަކަށް އައިސް މާގިނަ ބަޔަކަށް ކަމުގޮސްގެން އުޅޭ ކުލަ ޖެހުމުގެ ވާހަކައެވެ. ކުދި ބޮޑު އެންމެން ކުލަ ޖެހުމުގައި މަޝްއޫލުވެގެން އުޅޭއިރު، އެ ކުޅިވަރަކީ ބަދު އަހުލާގީ ނުވަތަ ފާހިޝް އަމަލެއް ހިންގަން ލިބޭ ރަނުގެ ފުރުސަތަަކަށް އެބަ ހަދައެވެ. ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ކުލަ ޖެހުމުގެ ކުޅިވަރު ކުޅުމުގެ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށްވެސް ވަނީ ހުށަހަޅާފައެވެ.

މިއީ ގޯހެކެވެ. ކުލަ ޖެހުމުގެ ކުޅިވަރު އިމުން ބޭރުވެފައިވާ ކަމުގެ ހެއްކެއްވެސް މމެއެވެ. އެފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ އައްޝެއިޚް އަލީ ޒައިދުވެސް ވަނީ ކަންބޮޑުން ފާޅު ކުރައްވާފައެވެ. އެގޮތުން ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވަނީ އީދުގެ ނަމުގައި ފާހިޝް އަމަލުތައް ކުރުމުން ދުރުހެލިވުމަށް ނަސޭހަތް ދެއްވާފައެވެ. އަދި އެފަދަ ކަންކަމުން މީސްތަކުން ދުރުކުރުމަށް، މައިންބަފައިން ނަސޭހަތތް ދިނުމަށްވެސް ޝެއިހް ވަނީ ގޮވާލައްވާފައެވެ.

ކުލަ ޖެހުމަކީވެސް ވަކި ހުދޫދެއްގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. އެއީކީ މުޅިން ގޯސް ކަމެކޭވެސް ދެންނެވޭ ކަށް ނެތެވެ. އެހެންނަމަވެސް، އިމުން ބޭރުވެއްޖެނަމަ، ކޮންމެ ކަމަކީވެސް އިސާހިތަކު ގޯސް ކަމަކަށް ބަދަލުވެގެން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.