18 Aug 2019 | 09:53
ރެއާލް މެޑްރިޑަށް މޮޅެއް، ބޭލް މަޑުކުރާނެ ކަމަށް ޒިދާން ބުނެފި

އާ ސީޒަނުގެ ފުރަތަމަ ލީގު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗް ރެއާލް ކާމިޔާބުކުރީ 3-1 ކުންނެވެ. އިދިކޮޅު ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ރެއާލްގެ ގޯލުތައް މި މެޗުގައި ޖަހައިދިނީ ބެންޒީމާ، ޓޯނީ ކްރޫޒް، އަދި ވަޒްކޭޒްއެވެ. ސެލްޓަ ވީގޯގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ފުރިހަމަަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ޒުވާން ފޯވަޑް އިކިއާ ލޮސާޑާއެވެ.

56 ވަނަ މިނެޓުގައި ރެއާލްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއެކު އެޓީމް ދެވަނަ ހާފުގެ ގިނަ ވަގުތު ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކީއެވެ. މިއާއެކު ގިނަ ވަގުތު ބޯޅަ ޑޮމިނޭޓް ކޮށްފައިވަނީ ސެލްޓަ ވީގޯކަން ފާހަގަ ކޮށްލެވެއެވެ.

މި މެޗުން އެންމެ ފާހަގަވެގެން ދިޔަ އެއްކަމަކީ ގަރެތް ބޭލް ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅެން އެރުމެވެ. މިދިޔަ ސީޒަނަށްފަހު އެންމެ ގަދަޔަށް ދެކެވިގެން ދިޔަ އެއް ވާހަކައަކީ ބޭލް އަކީ ޒިދާން ޕްލޭނުގައި ހިމެނޭ ކުޅުންތެރިޔެއް ނޫން ކަމަށައި ޒިދާން ބޭނުންވަނީ ބޭލް، ރެއާލް ދޫކޮށް ދިޔުން ކަމަށެވެ. ޒިދާންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭލްއަކީ ރެއާލްއަށް މުހިންމު ކުޅުންތެރިއެއް ނޫންކަމަށް ދޭހަވާ ގޮތަށް މީޑިއާތަކައި ވާހަކަވެސް ދައްކާފައެވެ. އެކަމާ ގުޅިގެން ބޭލްގެ އޭޖެންޓްވަނީ ރެއާލް މެޑްރިޑްގެ މެނޭޖްމެންޓް އަދި ކޯޗް ޒިދާންއަށް ހޫނު ބަހުގެ ހަމަލާތަކެއްވެސް ދީފައެވެ.

ނަމަވެސް، ސެލްޓަ ވީގޯއައި ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ރެއާލްގައި ބޭލް މަޑުކުރާނެ ކަމަށައި އެންމެންވެސް އެކަން ދެކެންވީ 'ޕޮޒިޓިވް' ކަމެއްގެ ގޮތުގަ ކަމަށެވެ. ބޭލް އަދި ރެއާލްއަށް ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންވެސް ކްލަބަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެކަމަށްވެސް ޒިދާން ބުނެފައިވެއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައެވެ. މިދިޔަ ސީޒަނުގެ ޗެންޕިއަން ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި އެޓްލެޓިކް ބިލްބާއޯއާ ކުޅެ 1-0 ކުން ވަނީ ބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.