ހާބަރު ފުޑް ކޯޓުގެ ތިން ތަނެއް ކުއްޔަށް ދޫކުރަނީ

20 Aug 2019 | 15:36

އެސްޓީއޯގެ ފަރާތުން މާާލޭ ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ރާވެރިބޭ ކޮއްތުވެނީގެ ތިން ތަނެއް ކުއްޔަށް ދޫކުރުމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުގައި އެތަނުން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 26 ވަނަ ޔުނިޓާއި 22 ވަނަ ޔުނިޓާއި 10 ވަނަ ޔުނިޓެވެ. 

މި ޔުނިޓްތަކަށް އެދި ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަތު 2:00 އެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި ކޮންމެ ފަރާތަކަށް ވެސް ބިޑް ހުށަހެޅޭނީ އެއް ޔުނިޓަށެވެ އެއަށް ވުރެ ގިނަ ޔުނިޓަށް ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބާތިލްވާނެއެވެ. މީގެ އިތުރުން، ބިޑް ސެކިއުރީޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަން ވެސް ޖެހެއެވެ.

މިތަންތަނުގެ ތަފްސީލަށް ބަލާލާއިރު، 26 ވަނަ ޔުނިޓާއި 10 ވަނަ ޔުނިޓުގައި 960 އަކަފޫޓު ހުރެއެވެ. އަދި 22 ވަނަ ޔުނިޓުގައި ހުންނަނީ 1،660 އަކަފޫޓެވެ.

Advertisement

ކޮމެންޓް