24 Aug 2019 | 05:54
ބޭލްއަކީ މޮޅު ކުޅުންތެރިޔެއްކަން ސާބިތު ކޮށްދޭން ޖެހޭ: ޒިދާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްއަށް ނިސްބަތްވާ ގަރެތް ބޭލްއަކީ މޮޅު ކުޅުންތެރިޔެއްކަން އޭނާ ސާބިތު ކޮށްދޭން ޖެހޭ ކަމުގައި ކޯޗް ޒިދާން ބުނެފިއެވެ.

ނިމިދިޔަ ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަމަށް ގަބޫލުކުރެވުނު ބޭލް، އެހެން ކްލަބަކަށް ބަދަލުވުމަކީ ރެއާލްއައި ގުޅުންހުރި ހުރިހާ އެންމެނަށްވެސް އެންމެ ފައިދާހުރި ގޮތް ކަމުގައި ބުނި ޒިދާން، މިހާރު މިމޭރުމުން ބޭލްއައި މެދު ވާހަކަ ދައްކަން ފަށާފައިވަނީ ހަޒާޑް އަދި އަސެންސިއޯއަށް އަނިޔާގެ މައްސަކަތަކެއް ކުރިމަތިވެފައިވާތީ ކަމުގައި ބެލެވެއެވެ.

ކުރިއަށް އޮތް ލީގު މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ، ސެލްޓަ ވީގޯ އަތުން ރެއާލް މޮޅުވި މެޗުގައި ބޭލް ދެއްކި ކުޅުމައި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށައި، އެނާއަކީ މޮޅު ކުޅުންތެރިޔެއްކަން އެންމެނަށް އެނގޭ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އޭނާ އެކަން ސާބިތުކޮށްދޭން ޖެހޭ ކަމަށްވެސް ޒިދާން ބުންޏެވެ.

މާޒީވެދިޔަތަނުގައި ހުރިހާ އެންމެންގެ ފަރާތުންވެސް ބުނަން ބޭނުން ނޫން ގިނަ ވާހަކަތަކެއް ދެކެވިފަވާކަމަށައި، އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ ކުޅުންތެރިޔާ ކްލަބުގައި މަޑުކުރަން ބޭނުންވުން ކަމުގައި ޒިދާން ފާހަގަކޮށްފައިވެއެވެ.

އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމުގައިވާ 85 މިލިއަން ޕައުންޑަށް ޓޮޓެންހަމްއިން ރެއާލްއަށް ބަދަލަުވި ބޭލް ވަނީ ހަތަރު ޗެންޕިއަންސް ލީގް، ސްޕެނިޝް ލީގް، ކޮޕާ ޑެލްރޭ، އަދި ތިން ފަހަރެއްގެ މަތިން ޔުއޭފާ ސުޕަރ ކަޕާއި ކްލަބް ވޯލްޑް ކަޕް ރެއާލްއަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވުމާ ގުޅިގެން އުމުރުން 30 އަހަރުގެ ބޭލްއަށް މިދިޔަ ސީޒަނުގައި ކުޅެވިފައިވަނީ އެންމެ 42 މެޗުގައެވެ. އޭގެ ތެރެއިން ބައެއް މެޗުތަކުގައި ރެއާލްގެ ސަޕޯޓަރުން ވަނީ ބޭލްގެ ކުޅުން ދަށްކަމަށް ބުނެ އޭނާއަށް މަލާމާތައި ފުރައްސާރަ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.