ރޭހުގެ ފަހަތުގައި ހުންނަން ބޭނުމެއް ނޫން- ގާސިމް

26 Aug 2019 | 22:59

ރޭހުގައި އެންމެ ފަހަތުގައި ހުންނަން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ލީޑަރު އެހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ގިނަ ފަރާތްތަކެއް ޖޭޕީއާ ގުޅުމަށް މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ޖުމްހޫރީ ޕާޓީ ބޮޑު ކުރުން ކަަމަށާ، އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއަކީ އެންމެ މަތީ ކުރިބޯއްޓަށް ވާސިލްވާ ޕާޓީއަކަށް ވާން ބޭނުންވާނެ ކަަމަށށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީ ބޮޑު ކުރަން މަސައްކަތް ކުރިއަސް އެޕާޓީން ސަރުކާރުގެ ކޯލިޝަނާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއްވެސް ބަޔަކާ ޖެހިގަނެގެން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީއާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާހާ ހިނދަކު ޖޭޕީން ކޯލިޝަނުގައި ދެމި ހުންނާނެ ކަމަށެެވެ. 

Advertisement

ކޮމެންޓް