29 Aug 2019 | 08:12
ކަޝްމީރުގެ ގޭގެއަށް އިންޑިއާ ސިފައިން ވަންނަނީ އެހުމެއް ކެހުމެއް ނެތި

ކަޝްމީރުގައި ދިރިއުޅޭ ތަންވީރު ޝެއިހުގެ ގެއަށް އިންޑިއާ ސިފައިން ވަދެގަތީ، އެގޭ ދޮރުގައި އެންމެ ފަހަރަކު ޓަކި ޖެހުމަށް ފަހުގައެވެ.

ހަތިޔާރާއެކު ގޭގެ ގުޑަދޮރުން ފުއްމާލައިގެން، އެގެއަށް ވަދެގަތް މީހުން، ތަންވީރު ހޯދުމުގެ ގޮތުން އެތަން މިތަން ބަލަން ފެށިއެވެ.

"ގޭގައި ކުޑަ ކުޑަ ކުދިންވެސް އުޅޭ. އެމީހުންގެ އަޑަށް އެކުދިން ހޭލީ" ތަންވީރުގެ މަންމަ، މަރިޔަމް ބުންޏެވެ.

"އަހަރެެން ބުނިން ކިހިނެއްހޭ ތިޔަހެން ވަންނާނީ؟ އަހަރުމެންގެ މީހަކު ބަރަހަނާކޮށްވެސް ހުރެދާނެ ނޫންހޭ" މަރިޔަމް ބުންޏެވެ.

އުމުރުން 17 އަހަރުގެ ތަންވީރު ހޯދަން ފުލުހުން ކަޝްމީރުގެ ސްރިނާގަރުގައި ހުންނަ އޭނާގެ ގެއަށް ވަތްއިރު، ތަންވީރު ގޭގަައެއް ނޫޅެއެވެ. ތަންވީރު ނެތުމުން އިންޑިއާ ފުލުހުން ގެންދިޔައީ، އޭނާގެ ބޮޑުބޭބެ، ނަސީރުއެވެ. ތަންވީރު ހައްޔަރު ކުރަން ބޭނުންވި ސަބަބެއްވެސް ފުލުހުން ނުބުނެއެވެ.

ނަސީރަކީ ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް، މީގެ ތިން ހަފްތާ ކުރިން އުވާލުމާ ގުޅިގެން ކަޝްމީރުން ހައްޔަރު ކުރި އެތައްހާސް މީހުންގެ ތެެރެއިން އެކަކެވެ.

"ފުލުހުން ބުނީ ތަންވީރު ހަވާލު ކުރީމައޭ ނަސީރު ދޫކޮށްލާނީ" މަރިޔަމް ބުންޏެވެ.

ތަންވީރު ހައްޔަރު ކުރީއްސުރެ، އޭނާގެ ކުޑަ ކުޑަ ދަރިފުޅު އަންނަނީ ބައްޕަ ހޯދަން ބޭނުން ކަމަށް ބުނަމުންނެެވެ. ނަސީރުގެ ދަރިފުޅަށް ދެއަހަރެވެ.

"އަހަރުމެން އޭނާ ކައިރީ ކީކޭ ބުނާނީ. މި ވެގެން އުޅޭ ގޮތް އެކުއްޖާއަށް ވިސްނޭނެތަ؟" މަރިޔަމް ބުންޏެވެ.

ކަޝްމީރު "ބަންދު"ކޮށްގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާން ޕޮލިޓީޝަނުންނާ، ވިޔަފާރިވެރިންގެ އިތުރުން ލޯޔަރުންނެވެ. ގާތްގަނޑަކަށް 2،300އާ 4،000 އާ ގާތް ކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާއިރު، ބައެއް ހައްޔަރީން ލަކްނަައު، އާގްރާ ފަދަ ސިޓީތަކުގެ ޖަލުތަކަށް ބަދަލު ކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކަޝްމީރުގެ މިހާރުގެ ހާލަތާ ގުޅިގެން އދއާ، އެމްނެސްޓީ އިންޓަރނޭޝަނަލް އަދި ހިއުމަންރައިޓްސް ވޮޗްއިން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.

ކަޝްމީރުގެ ރައްޔިތުންނަށް ރަަނގަޅަށް މުވާސަލާތީ ހިދުމަތްތައް ނުލިބޭތާވެސް ތިން ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަމުގެ ސަބަބުން އާއިލާއާ ރައްޓެހިންގެ ހާލު ބެލުމަށްވެސް ގިނަ މީހުން ވަނީ ނުކުޅެދިފައެވެ. އެގޮތުން އިންޓަނެޓާ މޮބައިލްގެ ހިދުމަތް ނެތުމުގެ ސަބަބުން، ކަޝްމީރުގައި އެސްޓޭޓްގެ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ކަންކަން ރިޕޯޓް ކުރާ އެކްޓިިވިސްޓުންނަށްވެސް ވަނީ ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައެވެ.

އިންޑިއާ ސިފައިންގެ އުނދަގޫ ޖެހިފައިވަނީ ތަންވީރު އެކަންޏަކަށް ނޫނެވެ. އެފަދަ އެތައް ޒުވާނުންނެއް ހައްޔަރު ކުރަން މަސައްކަތް ކުރަމުން އަންނައިރު، ހޯދަން ދާ ފަރާތް އަތު ނުވެއްޖެނަމަ، އެފަރާތެއްގެ 70 އަހަރުވީ ބައްޕަ ހައްޔަރުކޮށްެގެން ގެންދިޔުން ފަދަ އަމަލުތައްވެސް ކަޝްމީރުގައި ދަނީ ހިނގަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.