07 Sep 2019 | 16:43
ހަތެއް ފެބްރުއަރީގައި ހިނގީ ބަޣާވާތެއް ނޫން: ރައީސް ނަޝީދު

2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ހިނގައިދިޔަ ކަންތައްތަކަކީ ބަޣާވާތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ހަވީރު އޮތް އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަން ތަހުގީގުކުރެވެން ވާނެކަމަށާއި އެއީ އަމުރަށް ނުކިޔަމަންތެރިވެ މިއުޓިނީކުރުންކަމަށެވެ. އަދި އެއީ ބަޣާވާތެކޭ ނުދަންނަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އެއީ ޕޮލިސް މިއުޓީނީއެއް، ސިފައިންގެ މިއުޓިނީއެއް، އެއީ ސަލާމަތީ ބާރުތައް މިއުޓިނީއަސް ހާލަތުގައި ބޭންދީމަ އެއީ ގޯހެއް ނުރައްކަލެއް. އަޅުގަނޑެއް ނުބުނަން ބަޣާވާތެކޭ އެހެން އެއްޗެކޭ. އޭޗިއްސެއް ނޫން. މިއުޓިނީއެއް، އިންސަބޯޑިނޭޝަނެއް، އަމުރަށް ނުކިޔަމަންތެރިވުމެއް އިނގޭތޯ. ލައިން އޮފް ކޮމާންޑް ގެއްލުން. އެއީ ދައުލަތަށް އަސްލު ހަގީގަތުގައި ރަނގަޅެއްވާނެ ކަންކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ފެންނަގޮތުގައި އެ މިއުޓިނީ ބަލަންޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ކަމުގައިވިޔަސް، އެ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ހަމައަށް ސިފައިންނާއި ފުލުހުންވެގެން ބަޣާވާތެއް ކުރިކަމަށް އެމްޑީޕީން ވަނީ ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.