01 Sep 2019 | 11:32
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ފަސްކުރުމުން ޕީއެންސީން ފާޑު ކިޔައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯ " އެޖެންޑާ 19"ގައި ވައުދުވެފައިވާ ގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތައް ނިންމޭނީ އަންނަ އަހަރުގައި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވުމުން ކޮންގްރެސް ޕާޓީން އެކަމަށް ފާޑު ކިޔައިފިއެވެ.

ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑެތި ކަންކަން ނިންމަންވާނީ، އެކަށީގެންވާ މިންވަރަށް ދިރާސާތައް ކޮށްގެން ކަމަށެވެ. އެހެންނަމަވެސް ދިރާސާއަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނެގުމަކީ ކކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަޖިލީހުގެ އެއްްބާރުލުން ދެއްވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ކަންކަން ކުރަން މަސައްކަތް ކުރާއިރު އެއް ބަޔަކު އަނެއް ބައެއްެގެ ބޮލުގައި އިލްޒާމް އަޅުވަން މަސައްކަތް ނުކުރުމަށް ގޮވާލައްވާފައެވެ.

އިކޮނޮމިކު މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ނަމަ މިހާރުވެސް އެންމެ ކުޑަ މުސާރަ ކަނޑައެޅިދާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ބަލަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅި ލަސްވާތީ ސުވާލު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވައުދެކޭ އެއްފަދައިން އަލަށް އުފަންވާ ކުދިންނަށް ބޭބީ ބޮކްސް ދިނުމުގެ ވައުދުވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ