31 Aug 2019 | 22:57
ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ވެމްކޯގެ މުވައްޒަފުންނަށް ދިމާވާ އަނިޔާ އާއި ފުރައްސާރައާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ އެ ކޯޕަރޭޝަންގެ އެންމެ އަގުބޮޑު ރައުސުލްމާލެއް ކަމުގައި އަބަދުވެސް ދެކެނީ، މުވައްޒަފުން ކަމަށާއި ރައްޔިތުންނަށް ސާފު ވެއްޓެއް ޔަޤީންކޮށްދިނުމުގެ މަޤްޞަދުގައި މި ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ ތެރެއިން، މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރުމާއި ފުރައްސާރަކުމުގެ ޢަމަލުތައް ހިނގަމުންދާކަން ހިތާމައާއި އެކު ފާހަގަކުރާ ކަމަށެވެ.

މިފަދަ ޢަމަލުތަކަކީ ވެމްކޯއިން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫންކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެފަދަ އަމަލުތައް ހިނގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި، މައްސަލަ ބަލާނެކަމަށް ވަނީ ބުނެފައެވެ.

"މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާޙައުލެއް ޤާއިމްކުރުމުގައި މިކޯޕަރޭޝަނުން ދެމިހުންނާނެކަމުގެ ޔަޤީންކަން އަރުވައި، މިފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ"، ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ