03 Sep 2019 | 04:01
ވަރުގަދަ ފޯވަޑުން ތިބި ޕީއެސްޖީއައި އާޖެންޓީނާގެ އިކާޑީ ގުޅިއްޖެ

އާޖެންޓީނާގެ ނުރައްކާތެރި ފޯވަޑް މައުރޯ އިކާޑީ އިންޓަ މިލާން ދޫކޮށް ޕީއެސްޖީއައި ގުޅިއްޖެއެވެ.

އުމުރުން 26 އަހަރުގެ އިކާޑީ ޕީއެސްޖީއައި ގުޅުނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން 65 މިލިއަން ޔޫރޯގެ ފީ އެއް އިންޓައަށް ދެއްކުމަށްފަހު ޕީއެސްޖީއަށް އިކާޑީ ދާއިމީކޮށް ގަތުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

އިންޓައަށް 219 މެޗް ކުޅެދީ 124 ގޯލް ކާމިޔާބު ކޮށްދީފައިވާ އިކާޑީ މި ޓްރާންސްފާއައި ބެހޭ ގޮތުން ބުނީ، ހުރިހާ މުބާރާތަކުން ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް އޭނާގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ޕީއެސްޖީއަށް ދޭން ތައްޔާރަށް ހުރި ކަމުގައެވެ. ޕީއެސްޖީ އަކީ ފުޓްބޯޅައިގެ ދުނިޔޭގައި މިއަދު ގަދަ ބާރެއް ކަމަށައި އޭގެ ހެއްކަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އެ ކްލަބައި ގުޅޭ މަންޒަރު ފެނުން ކަމަށްވެސް އޭނާ ބުންޏެވެ.

އިކާޑީއާއެކު މި ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިންގެ އަދަދު ވަނީ އަަށަކަށް އަރާފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެ ކްލަބައި ގުޅުނު އެންޑަރ ހެރޭރާ، ރެއާލް މެޑްރިޑް ދޫކޮށްލި ކޭލާ ނާވާސް އަދި އުންމީދީ ޒުވާން ގޯލް ކީޕަރު ސާޖިއޯ ރިކޯ ހިމެނެއެވެ.

ނޭމާ، އެމްބާޕޭ، ކަވާނީ، އަދި އިކާޑީއާއެކު ޕީއެސްޖީއަކީ މި ސީޒަނުގެ ޗެންޕިއަންސް ލީގް ކާމިޔާބު ކުރާނެ ފޭވަރިޓް ޓީމްތަކުގެ ތެރެއިން އެއް ޓީމު ކަމުގައި ފުޓްބޯޅައިގެ ކަންކަން އެންމެ ގާތުން ބަލަމުންދާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.