17 Sep 2019 | 10:44
ެދެކުނު އޭޝިޔާގެ އެންމެ އުސް ޓަވަރު ސްރީލަންކާގައި ހުޅުވައިފި

ދެކުނު އޭޝިޔާގެ އެންމެ އުސް ޓަވަރު ރޭ ސްރީލަންކާގައި ހުޅުވައިފިއެވެ.

އެގައުމުގެ ވެރިރަށް ކޮޅުނބުގައި ލޮޓަސް ޓަވަރގެ ނަމުގައި ހުޅުވި މި އިމާރާތް ހުޅުއްވާދެއްވާާފައިވަނީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ.

350މީޓަރު އުސް މި ޓަވަރއަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ގާއިމްކޮށްފައިވާ ޓަވަރެކެވެ. މި ޓަވަރު އެޅުމަށް ގާތްގަނޑަކަށް 104.3މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

މި ޓަވަރަކީ ޓީީވީ އަދި ރޭޑިޔޯގެ ވަސީލަތްތަކުގެ ޓްރާންސްމިޝަން ސިގްނަލް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ވަސީލަތްތަކާއި އެކު ގާއިމްކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން މިތަނުގައި މުވާސަލާތީ ޚިދުމަތްތަކާއި ބެހޭ ދާރުލްއާސާރަކާއި، ރެސްޓޯރެންޓަކާއި، ހޮޓަލަކާއި، ކޮންފަރެންސް ހޯލަކާއި، ވިޔަފާރިކުރާ ތަނަކާއި، އޮބްޒަވޭޝަން ޑެކެއްވެސް ހިމަނާފައިވެއެވެ.

މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސިިރިސޭނާ ވިދާޅުވީ މިތަން ހެދުމަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދައްކާ ޚަލާސްކުރުމަށް ކުރިއަށް އޮތް ދިހައަހަރު ވަންދެން ދެ ބިލިޔަން ރުޕީސް ދައްކަންޖެހޭ ކަމަށެވެ. އަދި މިޓަވަރު ހުޅުވާފައިވަނީ މަސައްކަތް ފުރިހަމައަށް ނުނިންމާ ކަމަށާއި، އެ މަސައްކަތް އެއްކޮށް ނިންމުމަށް ތިން ބިިލިޔަން ރުޕީސް ބޭނުންވާނެ ކަމަށެވެ.

މި ޓަވަރ އާންމުންނަށް ހުޅުވާލާނީ ހަފްތާއެއް ފަހުންނެވެ. މިތަނުގެ ސަބަބުން ސްރީލަންކާގެ މުވާސަލާތީ ޚިދުމަތް ދޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއްވެ، އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާމްދަނީ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.