27 Sep 2019 | 21:13
މޭޔަރުގެ ތައުޒިޔާ ބޭނުމެއްނޫނެވެ. އިސްތިއުފާ ދެއްވާށެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ހަނދާންތައް ދިވެހިންގެ ހިތްތަކުގައި މިރޭ ވީ ކަމެއްހެން އަދިވެސް ހަރުލައި އެބަހުއްޓެވެ. އެ ބިރުވެރި ހާދިސާގައި ދެކުދިންގެ މަންމައެއް މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު، 400އަށްވުރެ ގިނަ މީހުންނަށް އެކަމުގެ ގެއްލުންތައް ލިބުނެވެ.

އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ރައްޔިތުން ތިީ ތައްޔާރު ވެގެނެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ކަމެއް ހިނގާފާނެ ކަމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ދައުލަތުގެ އިސްވެރިންތައް ތިއްބެވީ "ނިދިކުރައްވާފައެވެ." އެބޭފުޅުންނަށް ހަމަހޭވެރިކަންވެ ކަމެއް ވެގެން އުޅޭކަން ރޭކާލީ މާފަހުންނެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާ އިބާރާތުންނަމަ، ކަމެއްގެ ބޮޑުކަން "އެންމެންނަށް"ވެސް އެނގެނީ އެކަމެއް ވުމުންނެވެ. އެއީ އިންސާނީ ތަބީއަތް ކަމުގައި އެބޭފުޅާ ސިފަކުރެއްވިއެވެ.

އެހެންނަމަވެސް ރައްޔިތުން މިއަދު ތިބީ އެވާހަކައިން ތަސައްލީ ހޯދައިގެން ތިބޭ ގޮތަކަށް ނޫނެވެ. ސަރުކާރު އެއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް ރައްޔިތުން އެބަ ބުނެއެވެ. އެކި މައްސަލަތަކުގެ ހާއްޔެއްގެ ގޮތުގައި އޮތް މާލޭގެ ކަންކަން ބެލުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކު ބަރާބަރަށް މުސާރަ ދީގެން، އަދި ނުވިތާކަށް ދައުލަތުގެ ކާރުކޮޅުގައި ދަތުރު ކުރައްވަމުންގެންދަވާ ކައުންސިލު މެމްބަރުންތަކެއްވެސް ތިއްބެވިއިރު، އެބޭފުޅުންގެ ޒިންމާ އަކީ ހަމައެކަނި ސަޅިބައިސާ ކެނޑުންތޯ މިއަދު ރައްޔިތުން އެބަ ސުވާލު އުފައްދައެެވެ.

މާލެ ބަލަހައްޓަން އިތުރު މީހުން ނަގަންޖެހޭ ކަމަށް ވަންޔާ އެކަންވެސް ކޮށްގެން ރައްޔިތުން ބޭނުންވަނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ސިޓީ ކައުންސިލަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލަކަށް ވާއިރު، އެކައުންސިލަށް ކަންކަން ނުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކައެެވެ.

ކުރިން ދައްކަނީ އެކައުންސިލުގެ މަސައްކަތަށް އޭރުގެ ސަރުކާރުން ހުރަސް އަޅާ ވާހަކައެވެ. އެހެންނަމަވެސް މިހާރު އެވާހަކަ ދައްކާނެ ޖާގައެއް ނެތެވެ. ސަރުކާރު އޮތީވެސް ސިޓީ ކައުންސިލަށް ލިބިފައިތާއެވެ. މަގެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްލައި، ކަންމަތީ ބައްދަލުުވުމެއް ބާއްވައިލުމުން އަދި ނުފުދެއެވެ.

ސިޓީ ކައުންސިލު ފެއިލުވެ، އެކައުންސިލް އިސްތިއުފާ ދޭން ޖެހޭ ދަނޑިވަޅުތައް ރައްޔިތުން ދެކެފައިވާއިރު، އިތުރު ބަޔަކަށް ރައްޔިތުން ފުރުސަތު ދިނުމާމެދު ވިސްނާނެ ކަމަށް ގަބޫލު ކުރެެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ