ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ ޖިންސު ވަކިން ނަމާދު ކުރެވޭނެ ތަނެއް، މުއިއްޒުގެ ޝުކުރު ޔާމީނަށް

29 Sep 2019 | 18:56

ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކީން ނަމާދު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަަވައިދެއްވާފައި ހުރުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީންއަށް ޝުކުރު ދަންނަވައިފިއެވެ.

އައިޖީއެމްއެޗުގެ ދެކުނުގައި 25 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތްތަކެއްހެން ގާތްގަނޑަކަށް ނިމިފައިވާއިރު، އެ ހޮސްޕިޓަލު އަދިވެސް ރަސްމީކޮށް ހުޅުވައިފައެއް ނުވެއެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ އާ އިމާރާތުގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ދެ ނަމާދު ކޮޓަރި، ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުންނާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކީން ނަމާދު ކުރެވޭނެ ތަނެއް ހުންނަކަން އެހޮސްޕިޓަލުން ހާމަކޮށްފައިވާއިރު، އައިޖީއެމްއެޗްގައި ހުރި މިސްކިތް މިހާރު ހުރީ ބަންދުކޮށްފައެވެ. އެހޮސްޕިޓަލުން ބުނީ އެތަން ބަންދު ކުރީ ވަގުތީ ގޮތުން ކަމަށާއި، ވަރަށް އަވަހަށް އެ މިސްކިތް އަލުން ހުޅުވާނެ ކަމަށެވެ. 

Advertisement

ކޮމެންޓް