30 Sep 2019 | 15:39
ޕިންކެތޮން ދުވުން އަންނަ މަހު ބާއްވަނީ

އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގްވާމީ ދުވުމުގެ ހަރަކާތެއްކަމުގައިވާ ޕިންކެތޮން އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

ކުރީގެ މަޝްހޫރު ބޮލީވުޑް އެކްޓަރ އަދި ފިޓްނެސް ގުރޫ މިލަންދް ސޯމަންދް 2012 ވަނަ އަހަރު އުފެއްދި މި ދުވުން މިއަހަރު ދުނިޔޭގެ ދިހަ ގައުމެއްގައި އޮންނާާނެއެވެ. ރާާއްޖޭގައި މި ދުވުން އިންތިޒާމްކުރަނީ ގިނަ ދުވުމުގެ ހަރަކާތްތަކެއް ބާއްވާފައިވާ އައި ރަނާސްގެ ފަރާތުންނެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން އައިރަނާސްގެ ކޯ ފައުންޑަރ ޝުޖާއު ވިދާޅުވީ އަންނަ މަހުގެ 18ވަނަ ދުވަހުގައިކަމަށެވެ. މިފަހަރުގެ ޕިންކެތޮން ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިމާލެ، ލާމު އަތޮޅު އަދި އައްޑޫ ސިޓީގައެވެ.

ޝުޖާއު ވިދާޅުވީ މިއީ ފަސް ކިލޯމީޓަރުގެ ދުވުމެއް/ހިނގާލުމެއް ކަމަށާއި މި އިވެންޓްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ޓީޝާޓަކާއި ނިންމިކަމުގެ މެޑަލްއެއް ލިބޭނެކަމަށެވެ. މި ދުވުމުގައި ރެޖިސްޓަރވުމުގެ ފުރުސަތު އަންނަ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލާނެއެވެ. އަދި ރެޖިސްޓްރޭޝަން ބަންދުކުުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހުގައެވެ.

މި ދުވުމުގައި ރެޖިސްޓަރވުމުގެ ފީއަކީ 250ރުފިޔާއެވެ. މި ދުވުމުގައި ކޮންމެ އަންހެނަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކުގެ ފިރިންނާއި ދަރިންނަށްވެސް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. މި ދުވުން ބާއްވާ ކޮންމެ ސަރަހައްދެއްގައިވެސް ބައިވެރިވެވޭނީ 100ފަރާތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.