07 Oct 2019 | 12:26
ސައިންސްގެ ހޯދުމުގެ އަލީގައި އިސްރާއާއި މިޢުރާޖު!

ދިވެހީންގެ ތެރޭގައި މިހާރު އެއްމަޢުލޫއަކަށް އެންމެ އަޑުހަރުކޮށް ވާހަކަ ދެކެވޭ މަޢުލޫއަކީ އިސްލާމްދީނަށް ކުރާ ފުރައްސާރައިގެ ވާހަކައެވެ. މިމަޢުލޫ ހުޅުވިގެން ދިޔައީ މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމް.ޑީ.އެން)އިން 2015ގައި ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ބަދުބަސް ރައްދުވާފަދަ ވާހަކަތަކެއް ހުރިކަމުގެ މަޢުލޫމާތު ފެންމަތިވި ހިސާބުންނެވެ. މިރިޕޯޓުގައި އިސްރާއާއި މިޢުރާޖުގެ ވާހަކައަކީ ސައިންޓިފިކް ގޮތުން ބަލާއިރު ޤަބޫލުކުރަން ދަތި ހިޔާލީ ފޮލާގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މިއަދުގެ ސައިންޓިފިކް ޙަޤީޤަތްތަކަށް ބަލައިފިނަމަ އިސްރާއާއި މިޢުރާޖުގެ ވާހަކައަކީ ޤަބޫލުކުރަން ވަރަށް ފަސޭހަ ކަމެއްކަން އަޅުގަނޑު އެންމެ ފުރަތަމަ އަޑުއެހީ ކުއަންޓަމް ފިޒިކްސް ކިޔަވައިދިން ކްލާސްރޫމްގެ ތެރެއިންނެވެ. ޑރ. ޢަބްދުލްމުޙްސިން ޙަމީދުގެ އެވާހަކަކޮޅު ވެގެންދިޔައީ އެމަޢުލޫއަށް ވަރަށް ޝަޢުގުވެރިކުރުވި ވާހަކަކޮޅަކަށެވެ.

ކުއަންޓަމް ޓެލެޕޮޓޭޝަންއަކީ 1993ވަނަ އަހަރު ހުށައަޅާފައިވާ ތިއަރީއެކެވެ. މިތިއަރީގައި ބުނާގޮތުން މަޢުލޫމާތު އެއްތަނުން އަނެއްތަނަށް އެއްވެސް ފިޒިކަލް ވަސީލަތެއް މެދުވެރިނުކޮށް ވަގުތުން ވަގުތަށް ފޮނުވެއެވެ. އަދި 2017 ވަނަ އަހަރު ޗައިނާގެ ސައިންސްވެރިންވަނީ ފޯޓޯންއެއް ދުނިޔެއިން ސެޓެލައިޓަކަށް ޓެލެޕޯޓުކޮށްފައެވެ. މިދާއިރާގައި ތަޙުލީލުތައް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް އަދި ކުރެވިފައިވަނީ މަޢުލޫމާތު ޓެލެޕޯޓްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެކަންޏެވެ.

ފިޒިކްސް ދާއިރާގެ މަޝްހޫރު ސައިންސްވެރިޔާ އެލްބަރޓް އެއިންސްޓަންގެ ޖެނެރަލް ރިލޭޓިވިޓީ ތިއަރީގައިވާ ގޮތުން ދުނިޔޭގެ ތަރަޙައިގެ ތެރޭގައި ވަގުތު ގުނޭ ގޮތާއި ކާއިނާތުގެ އެކި ހިސާބުތަކުގައި ވަގުތު މިންކުރެވޭގޮތް އެތައް ގުނައެއް ތަފާތުވެއެވެ. މިހެން ވަނީ އެކި ހިސާބުތަކުގައި އެކްސަލަރޭޝަން ހުންނަ މިންވަރު ތަފާތުވުމުންނެވެ. އަދި ސްޕެޝަލް ރިލޭޓިވިޓީ ތިއަރީގައިވާގޮތުން އަލި ދަތުރުކުރާ ބާރުމިނާއި ކައިރި މިނެއްގައި ދަތުރު ކުރާނަމަ ދުނިޔޭގައި ހުންނަ މީހަކަށް ދުނިޔޭގެ ވަގުތާއި ދަތުރުވެރިޔާގެ ވަގުތު ހިނގާ މިންވަރު ތަފާތުވެއެވެ. އެހެންކަމުން ދުނިޔޭގެ ނިސްބަތުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔެއިން ބޭރަށް ދަތުރު ކުރެވުމަކީ މިތިއަރީއަށް ބެލިނަމަވެސް ސައިންސް ދެބަސްވާ ކަމެއް ނޫނެވެ.

ދެންއޮތީ ދަތުރުކުރި ބާރުމިނުގެ ވާހަކައެވެ. އިހުޒަމާނުގައި ބުނެއުޅެނީ ޖަމަލު ދަތުރުކުރާ ބާރުމިނުގެ ވާހަކައެވެ. އެއީ އެޒަމާނުގައި ދަތުރުކޮށް އުޅުނު އުޅަނދަކީ ޖަމަލުކަމަށް ވީތީއެވެ. ޖަމަލު ދަތުރުކުރާ ބާރުމިނަކީ އެވްރެޖްގޮތެއްގައި ގަޑިއަކު 5 ކިލޯމީޓަރަށެވެ. މިޒަމާނުގައިނަމަ ބުނާނީ ރޮކެޓެއް ޖައްވުގެ ތެރެއަށް ދަތުރުކުރާ ސްޕީޑްގެ ވާހަކައެވެ. ނާސާއިން 2018ވަނަ އަހަރުގެ ފަހުކޮޅު ޖައްވަށް ދޫކުރި "ޕާރކަރ ސޯލަރ ޕްރޯބް"ގެ ނަންދީފައިވާ ސްޕޭސްކްރާފްޓް ގަޑިއަކު 692،000 ކިލޯމީޓަރަށް ދަތުރުކުރާނެކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް ތިމާއަށް ނޭނގޭ އަދި ނުފެންނަ ވަޞީލަތަކުން ދަތުރުކުރެވޭނެ ބާރުމިނެއް އަދި އުކުޅެއް އަންދާޒާ ކުރާކަށްވެސް ނޭނގޭނެއެވެ. އެފަދަ ވަސީލަތެއްގެ ވާހަކަ ދައްކައިފިނަމަ ސިފަކުރާނީ ހިޔާލީ ފޮލާގެ ގޮތުގައެވެ.

މިޒަމާނުގައި މިހާރު ހޯދިފައި ހުރި، ބޭނުންކުރެވެމުން އަންނަ ވަޞީލަތްތަށްވެސް އެޒަމާނުގައި ބުނެދީފިނަމަ ވާނީ ހިޔާލީ ފޮލައަށެވެ. މިއަދުގެ ދުނިޔޭގައި އުނދަގުލެއްނެތި ބޭނުންކުރަމުން އަންނަ ކަރަންޓާއި، ސެޓެލައިޓުގެ މުވާސަލާތާއި، އިންޓަނެޓާއި، ނިއުކްލިއަރ ހަކަތަފަދަ ވަޞީލަތްތައްވެސް އެޒަމާނުގައި ވާނީ ހިޔާލީ ފޮލައަށެވެ.

މިއަދުގެ ސައިންޓިފިކް ދުނިޔެއަށް ބަލައިފިނަމަ ފެނިގެންދަނީ އިންސާނާ ހީވެސްނުކުރާފަދަ އާ ކަންތައްތައް ދަސްވަމުންދާތަނެވެ. ކުއަންޓަމް ޓެލެޕޮޓޭޝަންއަކީވެސް އަލަށް ހޯދެމުން އަންނަ ޢިލްމެކެވެ. ޒައްރާއެއްގެ ކުއަންޓަމް ސްޓޭޓް ޓެލެޕޯޓުކުރެވިދާނެކަން ހޯދުނީވެސް ދާދި ފަހުންނެވެ.

ޢިލްމު އުނގެނޭ މީހާއަށް އެންމެ ފުރަތަމަ ދަސްވާނެ ކަމަކީ ނޭނގޭކަމެވެ. އިންސާނާއަށް ހޯދިފައިވާ ޢިލްމުގެ މިންވަރުގެ މަދުކަމެވެ. އޭގެބަދަލުގައި ނޭނގޭ މީހަކަށް ނޭނގޭކަންވެސް ނޭނގޭނެއެވެ.

ސައިކޮލޮޖީގެ ދާއިރާގައި ހިމެނޭ ޑަނިންގ ކްރޫގަރ އިފެކްޓްގައި ބުނާގޮތުންނަމަ ނޭނގޭ މީހަކަށް އެނގޭ މީހަކަށްވުރެ ބޮޑަށް އެނގޭކަމަށް ޤަބޫލުކުރެވެއެވެ. ޔުނިވަރސިޓީ އޮފް މިޗިގަންގެ ސޯޝަލް ސައިކޮލޮޖިސްޓް ޑޭވިޑް ޑަނިންގ ބުނެފައިވާ ގޮތުގައި މިކަން ފާހަގަކުރަން އެންމެ އުނދަގޫވަނީ އަމިއްލަ ނަފްސުގެ ކިބައިންނެވެ.

އެހެންކަމުން ސައިންސްގެ އަލީގައި މަޢުލޫމާތުތައް ހޯދަމުންދާ މީހަކަށް އެނގޭނެ ޙަޤީޤަތަކީ ހޯދިފައިނުވާ އެތައް މަޢުލޫމާތެއް ވާނެކަމެވެ. މިހާރު ހުރި ޢިލްމުގެ ތެރެއިން އެނގިފައިނުވާ މަޢުލޫމާތުތަކަކީ ކޮބައިކަން އެނގިގެންދާނީ އާ ހޯދުންތައް ހޯދުމުންނެވެ. ވުމާއެކު މިހާރު ހޯދިފައިވާ ދުނިޔަވީ ޢިލްމުގެ ތެރެއިން އަންދާޒާ ނުކުރެވޭ ވަރުގެ ކަންކަންވެސް ޚާލިޤުވަންތަ ކަލަކަށް ކުރުމަށް ކުޅަދާނަވެގެންވާނެކަން ޤަބޫލުކުރަން ވަރަށްވެސް ފަސޭހަވެއެވެ.

ލިޔުނީ: ޝީޒާ މުޙައްމަދު

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ