ރައީސް ޔާމީންއަކީ މައުޞޫމު ބޭފުޅެއް: އަދުރޭ

09 Oct 2019 | 21:43

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މައުޞޫމު ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގގެ ދައުވާއާއި ގުޅިގެން މިއަދު ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔައިރު، ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދަނީ މި ސަރުކާާރުގެ ވައުދުތައް ނުފުއްދުމުގެ ސަބަބުން، ސަރުކާރާއި އެއްކޮޅަށް ތިިބި ފަރާތްތައް ރުއްސުމަށް ކަމަށެވެ. އަދި ރައީސް ޔާމީން ހައްޔަރުކުރުމުން ސަރުކާރުގެ ވައުުދުތައް ފުއްދުނީކަމަށް ސަރުކާރުން ގަބޫލުކުރާކަމަށް އަދުރޭ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ބޮލުގައި އިލްޒާމު އަޅުވަން އުޅުނަސް އެކަމެއް ނުކުރެވޭނެކަމަށާއި އެބޭފުޅާއަކީ އެއަށްވުރެ މާ މައުޞޫމު ބޭފުޅެއްކަމަށެވެ.

"ރައީސް ޔާމީން އަކީ ގައުމަށް ހިޔާނާތްތެރިވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. އެއަށް ވުރެ މާ އިންސާފުވެރިކަމާ އަދުލުވެރިކަމާ އެކު މި ގައުމުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއް"، އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement