28 Oct 2019 | 09:12
މުޒާހަރާގެ ބައިވެރިން މިފަހަރު ކީ ބޭބީ ޝާކް ލަވަ!

މުޒާހަރާތަކާއި އިހުތިޖާޖުތަކަކީ ކުރިއަރަމުންދާ އަދި ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް ރައްޔިތުންގެ ހައްގުތައް ހޯދުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ވަސީލަތެވެ. އާންމު ފަރުދުންގެ އާދޭސްތައް ވެރިންގެ ކަންފަތްތަކަށް އިއްވައިދިނުމަށް ބޭނުންކުރާ ކުރު ރާސްތާއެކެވެ. ނަމަވެސް ގައުމުގެ ގިނަ ފަރާތްތަކެއްެގެ ނަމުގައި ކުރާ ކޮންމެ މުޒާހަރާއަކުންވެސް އުނދަގޫވެދާނެފަދަ ފަރާތްތަކެއް ތިބޭނެކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މީގެ ތެރެއިން އެއްފަރާތަކަށް ވާނީ ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިންނެވެ. މުޒާހަރާާގެ އަޑުތަކުން ކުދިންގެ ނިދި މަހުރޫމްވެގެންދާއިރު، އޭގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީވެސް އެކަށީގެންވާާ ކަމެކެވެ.

ނަމަވެސް މިފަހަރު މިވީ މުޅިން އާދަޔާ ޚިލާފު ގޮތެެކެވެ. ކުޑަކުއްޖަކު މަސަލަސްކޮށް ހެއްވާލަދިނުމުގެ ނިޔަތުގައި މުޒާހަރާގެ ބައިވެރިން ވަނީ ކުޑަކުއްޖަކަށް ލަވަކިޔައިދީފައެވެ.

ލުބްނާނުގެ އިގްތިސާދު ބަލިކަށިވެ، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާާލަތު ދަށްވުމުގެ ސަބަބުން ގިނައަދަދެއްގެ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެފައެވެ. އެގޮތަށް ޝުއޫރު ފާޅުުކުރަން ނުކުމެ އުޅުނު ރައްޔިތުންތަކަކާާއި ލުބްނާންގެ ވެރިރަށް ބެއިރޫތުގެ ކައިރީގައިވާ ބާބްދާާ ޑިސްޓްރިކްޓްގައި ކާާރު ދުއްވާފައިދިޔަ އިލައިންއާާއި ދިމާާވިއެވެ.

އިލައިން ބުނީ އެފަރާާތްތައް އޭނާގެ ކާާރު ވަށާލުމުން ކާާރުގައި ކުޑަކުއްޖެއް އިންކަމަށާއި އެހެންކަމުން އަޑުމަޑުކުރުމަށް އެފަރާތްތަކުގެ ކިބައިން އެދުނުކަމަށެވެ. ނަަމަވެސް ކަންދިމާވީ އޭނާ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. 

މުޒާހަރާާގެ ބައިވެރިން އޭނާގެ ދަރިފުޅު ހެއްވާލުމުގެ ނިޔަތުގައި ކުޑަކުދިންގެ މަޝްހޫރު ލަވަ ބޭބީ ޝާކް ކިޔަންފެށީއެވެ. މި މަންޒަރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު، ގިނަ ބަޔެއްގެ ސަމާލުކަން އެކަމަށް ދަނީ ލިބެމުންނެވެ.

އިލައިން ބުނީ އެ ލަވަޔަކީ އޭނާގެ ދަރިފުޅަށް ވަރަށް ކަމުދާ ލަވައެއްކަމަށާއި މުޒާހަރާގެ ބައިވެރިން އެލަވަ ކިޔުމުން ހައިރާންވެ އުފާވިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.