02 Nov 2019 | 15:45
މި ސަރުކާރުގައި އެމްޑީޕީއާއި ރައީސް ނަޝީދު ނެތްކަމަށް ދޭހަވޭ: ޖޭޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެމްޑީޕީއާއި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުހިމެނޭކަމަށް ދޭހަނުވެތޯ ޖުމްހޫރީ ޕާޓީން ސުވާލުކޮށްފިއެވެ.

ޖޭޕީން މިފަދައިން ސުވާލުއުފައްދާފައިވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޕާޓީން ބުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށް އައިސް ސަރުކާރުގެ ކަންކަމާއިމެދު ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވުން އާންމުވެފައިވާ މި ދަނޑިވަޅުގައި އަލީ އާޒިމްގެ ވާހަކައިން ރައީސް ނަޝީދާއި އެމްޑީޕީއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ނުހިމެނޭ ފަރާތްތަކެއްކަމަށް ދޭހަވާކަން ފާހަގަނުވޭތޯ ސުވާލުއުފެދޭކަމަށެވެ.

ރައީސް ނަޝީދު ކުރައްވާ ކަންކަމަށް ފާޑުކިޔާ ސަބަބު ހާމަކުރަމުން ޖޭޕީން ބުނީ އެކަންކަމަށް ފާޑުކިޔަންޖެހެނީ ފާޑުކިޔޭނެ މިންވަރަށް އެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި، ގައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކާ ވާހަކަތަކާާއި ކުރައްވާ އަަމަލުތަކުގެ ސަބަބުންކަމަށެވެ.

އަދި ޖޭޕީން ކޯލިޝަންގައި އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާ ނަމަ އެކަމާ ދެކޮޅަށް ވާހަކަ ދައްކައި ކަންކަން އިސްލާހުކުރުމަށް ބާރުއަޅާނެކަމަށް ވަނީ ބުނެފައެވެ. އަދި މިހާތަަނަށް ރައީސް ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ޖޭޕީން ވަނީ މަރުހަބާ ކިޔާފައެވެ.

މި ބަޔާން ނިންމާލަމުން އެޕާޓީން ބުނީ ޖޭޕީން އަބަދުވެސް ދެމި އޮންނާނީ ކޯލިޝަން ވެރިކަން ހެޔޮގޮތުގައި ދަމަހައްޓާ ރައީސް ޞާލިހަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.